މެނޫ
ލިންކުތައް
Telegram YouTube Facebook
ޤުރްއާނާއި ސުންނަތް ސަލަފުންނާއި އެއްގޮތަށް
August 22, 2026
ޢަރަފާތުލް މުޙައްމަދީގެ މަގުފުރެދިފައިވާ އޮޅުވާލުމަށް ރައްދުދިނުން: ‘ވަޒީރަކު ވެރިމީހާއާ ދެކޮޅަށް ނުކުމެ ބަޣާވާތްކޮށްފިނަމަ’ – ޝައިޚް ނިޒާރު ބިން ހާޝިމް حفظه الله

ޢަރަފާތުލް މުޙައްމަދީގެ މަގުފުރެދިފައިވާ އޮޅުވާލުމަށް ރައްދުދިނުން: ‘ވަޒީރަކު ވެރިމީހާއާ ދެކޮޅަށް ނުކުމެ ބަޣާވާތްކޮށްފިނަމަ’ – ޝައިޚް ނިޒާރު ބިން ހާޝިމް حفظه الله

⏱ 6 މިނެޓް ކިޔަން 1,173 މީހުން ކިޔާފައިވޭ

މިއީ މުސްލިމް ވެރިމީހާއާ ދެކޮޅަށް ބަޣާވާތްކުރުން ޙައްޤުކުރުމަށްޓަކައި (ވެރިމީހާގެ ދަށުގައިވާ މީހަކު ބަޣާވާތްކުރުމާއި ބޭރުމީހަކު ބަޣާވާތްކުރުމާ ދެމެދު ތަފާތުކޮށް) ޢަރަފާތު އަލްމުޙައްމަދީ ގެނެސްފައިވާ ބާޠިލު އުޞޫލުތަކާއި ޝައްކުތަކަށް، ސުންނަތުގެ އަލީގައި ޝައިޚް ނިޒާރު ބިން ހާޝިމް ދެއްވާފައިވާ ވަރުގަދަ ޢިލްމީ ރައްދެކެވެ.

އޯޑިއޯގެ ލިންކު (10 މިނެޓު): https://t.me/shnizaralabbas/2174

މައިގަނޑު ނުކުތާތަކުގެ ޢާއްމު ޚުލާޞާ:

01—ޔަމަނުގެ ޝަރުޢީ ވެރިކަމާ ދެކޮޅަށް ބަޣާވާތްކުރުމުގައި ޢަރަފާތު އަލްމުޙައްމަދީ އާއި އޭނާގެ ޖަމާޢަތުގެ ބައިވެރިވުން ފަޅާއެރުމަށްފަހު، އަދި އޭނާއާއި އޭނާގެ ޖަމާޢަތުން މައި ސަރުކާރުން ވަކިވެގަތުމަށް މަސައްކަތްކުރާ ޕާޓީއަކަށް ތާއީދުކޮށް، ޔަމަނުގެ ޙަޟްރަމައުތާއި މުކައްލާގައި މި ބާޣީންނަށް ޙަމަލާދީ ބަލިކުރެވުމުގެ ކުރިން ފިތުނަ އުފައްދައި ލޭއޮހޮރުވުންތައް ހިންގުމަށްފަހު، އޭނާއާއި އޭނާގެ ޖަމާޢަތުން ހިންގި ޝަރީޢަތާ ޚިލާފު މި ޢަމަލުތައް ދިފާޢުކުރުމަށް، އޭނާ ދަނީ ސުންނަތުގެ އުޞޫލުތަކާއި (ވެރިންނާ ދެކޮޅަށް ނުކުތުމުގެ މައްސަލައިގެ) އަސާސްތަކާމެދު ޝައްކު އުފައްދަމުންނެވެ. އޭގެ ބަދަލުގައި، އޭނާ ގެންނަނީ ބާޠިލު އުޞޫލުތަކެކެވެ. އެ އުޞޫލުތަކުން އޭނާ މަސައްކަތްކުރަނީ އޭނާއާއި އޭނާގެ ޕާޓީއާއި ޖަމާޢަތް ވެއްޓިފައިވާ ގޯހަކީ ހުއްދަ ކަމެއްކަމަށް ހެދުމަށް، ނުވަތަ އެކަމުގެ ކުޑަކަން ދެއްކުމަށެވެ.

02— އެހެންކަމުން، (ޢަރަފާތު އަލްމުޙައްމަދީއާއި އޭނާގެ ޖަމާޢަތާއި، އަދި އޭނާއަށް ތާއީދުކޮށް، އޭނާ ޙިމާޔަތްކުރި ޑރ. ޢަބްދުﷲ ބުޚާރީއާއި، އޭނާގެ ވަށައިގެން އެނބުރޭ ދުޢާތުންނާއި މުތަޢައްޞިބުންގެ) މި މައްސަލައަކީ ދެކުނު ޔަމަނުގެ ޙާދިޘާތަކުގެ މައްޗަށް ފަހަނައަޅައި ގޮސް، ސަލަފީ ދަޢުވަތުގެ އަސާސްތަކާ ގުޅިފައިވާ މައްސަލައެކެވެ. އެހެންވެ، އަހުލުއްސުންނަތުގެ އަސާސްތަކާ ފުށުއަރާ އައު ގޮތެއް ޢަރަފާތު ވަނީ ގެނެސްފައެވެ. މުސްލިމް ވެރިމީހާއާ ދެކޮޅަށް ކަނޑި އުފުލުމާއި، މުސްލިމް ވެރިޔާއާ ދެކޮޅަށް ބަޣާވާތްކުރުމުގެ މައްސަލައިގައި، ވެރިމީހާގެ އިދާރާއާއި ބާރުގެ ދަށުގައިވާ މީހަކާއި، ވެރިމީހާއާއި އޭނާގެ ބާރާ އެއްވެސް ގުޅުމެއް ނެތް ބޭރު މީހަކާ ދެމެދު އޭނާ ތަފާތުކުރެއެވެ. ބޭރުން އަންނަ މީހާއަށް އޭނާ ޚާރިޖީއެކޭ ކިޔައެވެ. އަދި އެތެރޭގައި ހުންނަ މީހާއާ ގުޅޭގޮތުން، އަސާސީ ގޮތުން އޭނާ ގޮވާލަނީ އެއްވެސް ފިޔަވަޅެއް ނާޅައި ތިބުމަށެވެ. އަދި އެމީހަކު ކުރިމަތިލައި ކާމިޔާބު ހޯދައިފިނަމަ، އެއީ ޝަރުޢީ ވެރިއެއްކަމުގައި ބަލައި ކިޔަމަންވުމަށެވެ.

03— ޝައިޚް ނިޒާރު ޢަރަފާތާ ސުވާލުކުރައްވަނީ މި ފާސިދު ވިސްނުން، އެބަހީ އޭނާއާއި އޭނާގެ ބައިވެރިންގެ މަގު ދިފާޢުކުރުމަށް އޭނާ ބޭނުންކުރާ މި ގޯސް، އޭނާއަށް ލިބުނީ ކޮންތާކުންތޯއެވެ. އާދެ، އެއީ ޝަރުޢީ ވެރިކަމާ ދެކޮޅަށް (ޚާރިޖީ) އައްޒުބައިދީއާއި (ޚާރިޖީ) ހާނީ ބިން ބުރައިކް ކުރި ވަކިވެގަތުމުގެ މަސައްކަތަށާއި ފިތުނައަށް ތާއީދުކޮށްގެން ދެކުނު ޔަމަނުގައި ޢަރަފާތާއި އެސް.ޓީ.ސީގެ ޝައިޚުން ކުރި ކަންތައްތަކެވެ. މިއީ (ﷲގެ ޝަރީޢަތާއި، ﷲގެ ފޮތާއި، އެކަލާނގެ ނަބިއްޔާގެ ސުންނަތާ ޚިލާފުވެ، ސަލަފީ ދަޢުވަތާ ދެކޮޅަށް ހިންގި ނުބައިވެގެންވާ ފާޖިރު) ޖަރީމާއެކެވެ.

04— ނަބަވީ ސުންނަތުގެ މައްޗަށް ބިނާކޮށް، ޝައިޚް ނިޒާރު އިތުރަށް ބަޔާންކުރައްވަނީ، ވެރިމީހާގެ ބާރުގެ އޮނިގަނޑުގެ ތެރޭގައި ހުރެ، އޭނާ ވަކިވެގަނެ، ބަޣާވާތްކޮށް އަދި ޣައްދާރުވުމުން، އޭނާއާ ދެކޮޅަށް ހަނގުރާމަކުރުމަކީ މުސްލިމު މުޖުތަމަޢުގެ މައްޗަށް ވާޖިބުވެގެންވާ ކަމެއްކަމަށާއި، އޭނާގެ ޢަމަލުގެ ކުޑަކަން ނުދެއްކޭނެކަމަށެވެ.

05— ޝައިޚް ނިޒާރު حفظه الله ވިދާޅުވެއެވެ.

އެފަދަ މީހަކާ ހަނގުރާމަކުރަން ޖެހޭނެއެވެ. ހަމަކަށަވަރުން، ވެރިމީހާގެ ބާރުގެ އޮނިގަނޑުން ބޭރުން އަންނަ މީހަކަށްވުރެ އޭނާ މާ ނުރައްކާތެރިއެވެ. ސަބަބަކީ، އޭނާއަށް ދައުލަތުގެ ސިއްރުތައް އެނގޭނެތީއާއި، ދައުލަތުގެ ބަލިކަށިކަން ހުރީ ހަމަ ސީދާ ކޮންތާކުކަން އޭނާއަށް އެނގޭނެތީއެވެ. އަމާނާތްތެރިއަކަށް ވެ، އޭނާގެ ވެރިމީހާގެ ބާރު ގަދަކޮށްދީ އެ ބާގަވަޅުތައް ބެއްދުމުގެ ބަދަލުގައި، ވެރިމީހާއާ ދެކޮޅަށް ބަޣާވާތްކޮށް ފަސާދަ އުފެއްދުމަށްޓަކައި، އޭނާ ނާޖާއިޒު ފައިދާ ނަގަނީ ހަމަ އެ ބަލިކަށިކަމުންނެވެ. އޭނާގެ ކިބައިން ލިބިދާނެ ގެއްލުމުގެ ނުރައްކާ ވަރަށް ބޮޑެވެ. އަދި އޭނާއާ ހަނގުރާމަކުރަން ޖެހޭނެއެވެ.

06— ޝައިޚް ނިޒާރު حفظه الله އިތުރަށް ވިދާޅުވެއެވެ:

“ބަޣާވާތްކުރާ ކޮންމެ މީހަކާވެސް ހަނގުރާމަކުރެވޭނެއެވެ. — އެއީ ކުރިން ވެރިމީހާގެ ބާރުގެ ދަށުގައި ތިބި ބަޔަކަށް ވިޔަސް ނުވަތަ އޭގެ ބޭރުގައި ތިބި ބަޔަކަށް ވިޔަސްމެއެވެ. މިފަދަ ހުރިހާ ފަރުދުންނާ ދެކޮޅަށް މުސްލިމު ވެރިމީހާއާއެކު ހަނގުރާމަކުރެވޭނެއެވެ. ނަބިއްޔާ (صلى الله عليه وسلم) ޙަދީޘްކުރައްވާފައިވާ ފަދައިންނެވެ. ‘ތިޔަބައިމީހުން އެއް ވެރިއެއްގެ ދަށުގައި އެއްބައިވަންތަކަމާއެކު ތިއްބައި، ތިޔަބައިމީހުންގެ ސަފުތައް ބައިބައިކޮށްލުމުގެ ޤަޞްދުގައި މީހަކު އަތުވެއްޖެނަމަ، ފަހެ އޭނާ ޤަތުލުކުރާށެވެ.’

07— ޝައިޚް ނިޒާރު އިތުރަށް ވިދާޅުވަނީ، އެ ބާޣީއަކީ ވެރިމީހާގެ ހިންގުމާއި ބާރުގެ ތެރޭގައި ހުރި މީހެއްކަމާމެދު ނުވަތަ އޭގެ ބޭރުގައި އަދި ދައުލަތާ މުޅިން ބީރައްޓެހި މީހެއްކަމާމެދު ނަބިއްޔާ (صلى الله عليه وسلم) އެއްވެސް ތަފާތުކުރެއްވުމެއް ނުގެންނަވާކަމަށެވެ.

08— ޝައިޚް ނިޒާރު حفظه الله ވިދާޅުވެއެވެ.

[ތިޔަ ގެންނަ] މި ޙުއްޖަތްތަކަކީ ޚާރިޖީންގެ ޙުއްޖަތްތަކެވެ. އެހެނަސް ތިބާ — އޭ ޢަރަފާތެވެ، އުޑުތައް އުފުއްލެވި ފަރާތް ގަންދީ ބުނަމެވެ. — އަކީ ނުރައްކާތެރި މަގުފުރެދުމެއްގެ އޮޅިގަނޑުމަތީގައި ހުރި ކުލީ އެޖެންޓެކެވެ. ތިބާ މަސައްކަތްކުރަނީ ސަލަފީންގެ މެދުގައި އޮޅުންތައް އުފެއްދުމަށެވެ. އެއީ މި މަތިވެރި އަސާސީ އުޞޫލުތަކުގެ ބުރަދަން އެބައިމީހުންގެ ލޯމަތީގައި ގެއްލިގެންދިޔުމަށްޓަކައެވެ.

09— ޝައިޚް ނިޒާރު حفظه الله އިތުރަށް ވިދާޅުވެއެވެ:

މި ދައުލަތްތަކުގެ ތެރެއިން ދައުލަތެއްގެ ވަޒީރަކު އޭނާގެ ވެރިމީހާއާ ދެކޮޅަށް ބަޣާވާތްކޮށްފިނަމަ، އޭނާގެ ބާރު ގަދަކޮށްފުމަށް ދާންދެން ހަމަ އޭނާ ދޫކޮށްލަންވީ ހެއްޔެވެ؟ — އެކަމުގެ ސަބަބުން ދާޚިލީ ކޯޅުން އުފެދިގެންދާ ޙާލުގައެވެ؟

އޭގެބަދަލުގައި، މިއީ ނުރައްކާތެރި ޢަމަލެއްކަން، އާދެ، ވެރިމީހާއާ ދެކޮޅަށް ބޭރު މީހަކު ކުރާ ބަޣާވާތަށްވުރެ މާ ނުރައްކާތެރި ޢަމަލެއްކަން މީހަކު ޤަބޫލުކުރަންވާނެއެވެ. ބާރު ގަދަކުރުމަށް އޭނާ ދޫކޮށްލައިގެން ނުވާނެއެވެ. އޭގެބަދަލުގައި، އަހަރެމެންގެ ވެރިމީހާއާއެކު އަހަރެމެން އޭނާއާ ހަނގުރާމަކުރަން ޖެހޭނެއެވެ. އޭނާ ބާރު އަތުލުމަށް އަހަރެމެން މަގުފަހިކޮށްދީގެން ނުވާނެއެވެ. އެއީ ފަސާދަ އުފެދިދާނެތީއާއި، މިފަދަ ފާސިދު، ހަލާކުކުރަނިވި އުޞޫލުތަކުގެ ތެރެއިން ވެރިމީހާއާ ދެކޮޅަށް ބަޣާވާތްކުރުމުގެ ޢަމަލަކީ ޢާއްމުކަމަކަށް ވެދާނެތީއެވެ.”

10— އަދި ޝައިޚް ނިޒާރު حفظه الله އިތުރުކުރައްވައެވެ.

“އޭގެ އިދިކޮޅަށް، ވާޖިބަކީ މުސްލިމު ވެރިމީހާއާއެކު ހުރުމެވެ. ބަޣާވާތްކުރަން އުޅޭ ކޮންމެ މީހަކާ ދެކޮޅަށެވެ. — އެއީ ބަސްތަކުން ކަމުގައިވިޔަސް، ކަނޑިން ކަމުގައިވިޔަސް، ރޭވުންތަކުން ކަމުގައިވިޔަސް، ނުވަތަ ބޭރުގެ ބާރުތަކާ ގުޅިގެން ކަމުގައި ވިޔަސްމެއެވެ.”

—————

ޝެއިޚް އަބޫ އިޔާޟް އަމްޖަދް ބިން މުޙައްމަދު ރަފީޤު حفظه الله ގެ ނޯޓު:

އަހުލުއްސުނާ ވަލް-ޖަމާޢަތުގެ ސުންނަތުގެ އުޞޫލުތަކަށް މާތްކޮށް ހިތައެވެ. އަދި ބޭރުގެ ސިޔާސީ ކަންކަމާމެދު ބޭކާރު ގޮތުގައި އެބައިމީހުން ޒުވާބުކޮށް އަރައިރުންވެއެއް ނޫޅެއެވެ. އެހެންނަމަވެސް، ސަލަފިއްޔާތުގެ މަތީގައި ތިބިކަމަށް ދަޢުވާކުރާ، އަދި މީސްތަކުން މަގުފުރެއްދުމަށްޓަކައި މި އުޞޫލުތަކާމެދު ޝައްކުތަކާއި ދޮގުތައް ފަތުރާ، އަދި އެކަމުގެ ތެރޭގައި އެބައިމީހުން ބައިވެރިވެފައިވާ ބަޣާވާތްކުރުމުގެ (ޚުރޫޖުވުމުގެ) މައްސަލަ ޙައްޤުކަމުގައި ދެއްކުމަށް ނުވަތަ އެކަމުގެ ކުޑަކަން ދެއްކުމަށް މަސައްކަތްކުރާ މީހުން މި އުޞޫލުތަކާ ޚިލާފުވާ ކޮންމެ ޚިލާފުވުމެއް އެބައިމީހުން ބަޔާންކޮށްދެއެވެ.

މިއީ ކުރީގެ ފިތުނަތަކާ ތަފާތުކަމެއް ނޫނެވެ. އިންޤިލާބު އުފެއްދުމަށް މަސައްކަތްކުރި ޤުޠުބިއްޔާއިންނާއި ސުރޫރިއްޔާއިންގެ ފިތުނަތަކާއި އެބައިމީހުން ގެނައި ޙުއްޖަތްތަކާއި ޝައްކުތަކާވެސް (ތަފާތުކަމެއް ނޫނެވެ). ހަމައެފަދައިން، އަލްޖީރިއާގެ ދާޚިލީ ހަނގުރާމައާއި، ޢަރަބި ރަބީޢުގެ އިންޤިލާބުތަކާއި އަދި މިފަދަ އެހެނިހެން މިސާލުތަކާވެސްމެއެވެ.

އަދި ސަލަފީންގެ އެއްގޮތް، ބަދަލުނުވާ މަގަކީ، ސުންނަތް ދިފާޢުކުރުމާއި މާތްކުރުމުގެ ގޮތުންނާއި، ޙައްޤަށް ނަޞްރުދިނުމުގެ ގޮތުންނާއި، އަދި ބާޠިލާއި މަގުފުރެދުމުގެ އަޑުތައް އޮޅުވާލައި މަގުފުރައްދަފާނެތީ އެ އަޑުތައް ކަނޑުވާލައި ހިމޭންކުރުމަށްޓަކައި، ފާޑުވިދާޅުވާ (ޢިލްމީ ގޮތުން ރައްދުދެއްވާ) ޢިލްމުވެރިންނާއި ޝައިޚުންގެ ފަހަތުގައި ތިބެ މި ގޯސްތަކާއި ޝައްކުތަކަށް ރައްދުދިނުމެވެ.

ގުޅުންހުރި ލިޔުންތައް

މި މައްސަލައިގައި އަހަރެންގެ ސާފު މައުޤިފު

ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް ސަލަފިއްޔާތަށް ނިސްބަތްވާ ކަމަށް ދަޢުވާކުރާ ދާޢީން އުޅެއެވެ. އެހެންނަމަވެސް، އެމީހުން ބައެމީހުން މަތިވެރިކޮށް އެމީހުންގެ ސޯބުން އެބުރުނު އެއް ޝައިޚް، ޢަރަފާތު އަލްމުޙައްމަދީ ގެ ފަރާތުން ޝަރީޢަތާ ޚިލާފު މިފަދަ ބޮޑެތި ކަންކަން ފެންނައިރު، އެމީހުން ތިބެނީ ހިމޭނުންނެވެ. އަދި ހަމައެހެންމެ، ސަލަފީ މަންހަޖާ މިހާ ބޮޑަށް ޚިލާފުވެފައިވާއިރުވެސް، ފާޅުގައި ޢަރަފާތު އަލްމުޙައްމަދީ ދިފާޢުކޮށް ވާހަކަދައްކާ މީހުންވެސް ފެންނަން އެބަތިއްބެވެ. އޭގެ ތެރޭގައި އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުގައި އުޅޭ ތަޤްވީމް އަސްލަމާއި ،މޫސާ ރިޗަރޑްސަން އާއި، އަބޫ ޙަކީމް ބިލާލް ފަދަ މީހުން ހިމެނެއެވެ.

ހަމަ މިފަދައިން، ރާއްޖޭގައިވެސް ޢަރަފާތު އަލްމުޙައްމަދީއަށް ތަޢައްޞުބުވެފައިވާ (މުތަޢައްޞިބުން) އުޅެއެވެ. މިގޮތުން، ގދ. ތިނަދޫގައި އުޅޭ ޢަދިއްޔު މުޙައްމަދާއި އޭނާގެ ޕާޓީގެ މީހުންނާއި، އަދި ސަލަފިއްޔާތުގެ މަތީގައި ތިބިކަމަށް ދަޢުވާކުރާ މަދީނާއިން ކިޔަވައިގެން އައިސްތިބި ބައެއް މީހުން ހިމެނެއެވެ. ނަމަވެސް، ޝަރީޢަތާ ޚިލާފު މިފަދަ ކަންކަން ފެނުމުން އެމީހުން ފިނޑިވެ، އެމީހުންގެ ޝައިޚް ޢަރަފާތު އަލްމުޙައްމަދީއާއި އޭނާގެ ޙިޒްބު (ޕާޓީ) ދިފާޢުކޮށް ހިމޭނުން ތިބެނީއެވެ. ރާއްޖޭގައި ޢަރަފާތު އަލްމުޙައްމަދީގެ އެންމެ އިސް މީހެއްގެ ގޮތުގައި ހުރީ އަބޫ އަނަސް މުޙައްމަދު ޙަސަން އެވެ. ނަމަވެސް، ޢަރަފާތު އަލްމުޙައްމަދީގެ ކިބައިން ފެނިފައިވާ ޝަރީޢަތާއި ސަލަފީ މަންހަޖާ ޚިލާފު މި ޢަމަލުތަކުން އޭނާ (އަބޫ އަނަސް) ބަރީއަވެފައިވާތަނެއް އަހަރެމެންނަކަށް ނުފެނެއެވެ.

ވީމާ، މި ފިތުނައިގައި އަޅުގަނޑުގެ މައުޤިފު ސާފުކުރުމުގެ ގޮތުން ބުނަމެވެ. މިކަމުގައި އޮންނަންޖެހޭ ގޮތަކީ ވަރަށް ސާފުކޮށް އެނގެން އޮންނަންޖެހޭނެ ގޮތެކެވެ. ޢަރަފާތަށް ތާއީދުކޮށް ނުވަތަ އޭނާ ދިފާޢުކުރާ މީހަކު، އޭނާގެ އެ ގޯސްތަކުން ތައުބާވެ، އެކަން ބަޔާންކޮށް އަދި އެކަމުން ބަރީއަވާން ތައްޔާރަށް ނެތްނަމަ، ދިވެހިރާއްޖޭގެ ސަލަފީ ދަޢުވަތުގައި އޭނާގެ އެއްވެސް ދައުރެއް ނޯންނާނެއެވެ. އަދި އެފަދަ މީހުން ތައުބާވެ، ޙައްޤަށް ރުޖޫޢަވެ، އެކަންކަމުން އެމީހުންގެ ނަފުސުތައް ބަރީއަކޮށް ސާފުނުކުރަނީސް، އެފަދަ ވަކި ފަރުދަކާ އެކުގައި ‘އެއްބައިވަންތަވުމުގެ’ ނަމުގައި ހިންގާ އެއްވެސް ކަމެއްގައި އަޅުގަނޑު ބައިވެރިއެއް ނުވާނެމެވެ.

ކޮމެންޓްތައް

0

ކޮމެންޓް ލިޔުއްވާ

އަދި ކޮމެންޓެއް ނެތެވެ.