ޑރ. ޢަބްދުﷲ އަލްބުޚާރީ އާއި ޢަރަފާތަކީ އަހުލުއްސުންނަތުގެ މީހުންނަށް އޮތް މިޙްނަތެއް (އިމްތިޙާނެއް) ކަމުގައި ހެދުމާއި، އެ ދެމީހުންނާ ގުޅުވައިގެން އަހުލުއްސުންނަތުގެ މީހުން އިމްތިޙާނުކުރުން – ޝައިޚް ޢަލީ އަލްޙުޛައިފީ
ޝައިޚް އަބޫ ޢިޔާޟް އަމްޖަދު ބިން މުޙައްމަދު ރަފީޤު (حفظه الله) ފާހަގަކުރެއްވި ގޮތުގައި އެންމެ ކަންބޮޑުވާންޖެހޭ އެއް ކަމަކީ، ޙާކިމާގެ މައްޗަށް ނުކުތުމާއި (ޚުރޫޖުވުމާއި) ފިތުނަ އުފެއްދުމުގައި ބައިވެރިވުމާއި، އަދި އަނިޔާވެރިގޮތުގައި ސަލަފީން ތަބްދީޢުކޮށް (ބިދުޢަވެރިންކަމަށް ނިންމުމާއި) ތަޟްލީލުކުރުން (މަގުފުރެދުމަށް ޙުކުމް ޖެހުން) ފަދަ އުޞޫލުތަކާ ޚިލާފުވުމަށްވުރެ ބޮޑަށް، މިފަދަ މަޤާމުތަކާއި ޝަޚްޞިއްޔަތުތަކާ ގުޅޭގޮތުން ޙައްޤުގޮތުގައި ދެކެވޭ ވާހަކަތަކުން ނަފްރަތާއި، ދެކޮޅުވެރިކަމާއި، ރުޅިވެރިކަން ބަޔަކަށް ގެނުވާކަމެވެ.
ޝައިޚް ޢަލީ އަލްޙުޛައިފީ (حفظه الله) ވިދާޅުވިއެވެ . [3]
ޝައިޚް އަލްބުޚާރީއާ ގުޅޭގޮތުން [އޭ ޢަރަފާތެވެ!] ތިބާ ގެންގުޅޭ ގޮތަކީ ޢިލްމުވެރިންނަށް އިޙްތިރާމްކުރުމުގެ ގޮތުން ގެންގުޅޭ ގޮތެއް ނޫނެވެ. ސަބަބަކީ، ރެޔާއި ދުވާލު ޢިލްމުވެރިންނާ ދެކޮޅަށް ހަނގުރާމަކުރުމުން ތިބާ ދުރުވެނުގަންނާތީއެވެ. ހަމަކަށަވަރުން، ތިބާއަކީ ތަޢައްޞުބުވެފައިވާ މީހެކެވެ (މުތަޢައްޞިބެކެވެ). ދުނިޔެމަތިން ޝައިޚް އަލްބުޚާރީ ފިޔަވައި އެހެން މީހަކު ތިބާއަކަށް ނުފެނެއެވެ. އެހެންކަމުން، އޭ ޢަރަފާތެވެ! މި ތަޢައްޞުބު ދޫކޮށްލާށެވެ.
ގުޅުންތައް ކަނޑާލާކަމަށް ބުނެ ތިބާ ތިމަންނާއަށް ކުރާ ތުހުމަތު، އެންމެ ޙައްޤުކަން ބޮޑީ ހަމަ ތިބާއަށެވެ. މީސްތަކުން އިމްތިޙާނުކުރުމަށްޓަކައި ޝައިޚް ޢަބްދުﷲ އަލްބުޚާރީ، ނުވަތަ އެނޫންވެސް މީހަކު އެއީ މިޙްނަތެއް (އިމްތިޙާނެއް) ކަމުގައި ހެދުމަކީ ތިބާއަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ.
މީސްތަކުންނަށް އިހާނެތިކޮށް ހިތުން ދޫކޮށްލާށެވެ. ބުއްދިވެރި ބަޔަކަށް ވާށެވެ. ޝައިޚް އަލްބުޚާރީއާ ޚިލާފުވާ މީހަކީ ނުވަތަ އަނިޔާއެއްގެ ޝަކުވާކުރާ މީހަކީ، އެއީ އިލެކްޓްރިކް މެއްސެއް (އިންޓަނެޓް ޓްރޯލްއެއް) ކަމުގައި ސިފަނުކުރާށެވެ.
ޚަވާރިޖުން ނަބިއްޔާ (صلى الله عليه وسلم) އާ މުޚާޠަބުކޮށް ދެއްކި ވާހަކަތަކާ ގުޅޭ ޙަދީޘްތައް، އެފަދަ މީހެއްގެ މައްޗަށް ތަޠްބީޤު ނުކުރާށެވެ (ބޭނުން ނުކުރާށެވެ).
ޝައިޚް އަލްބުޚާރީއަކީ އިސްވެދިޔަ ބޮޑެތި ޢިލްމުވެރިންގެ (އިމާމުންގެ) ތެރެއިންވާ ބޭފުޅެއް ކަމުގައި ހަދައި، އެނޫން އެހެން ޢިލްމުވެރިންނަކީ ތަރުކާރީ މާރުކޭޓުން ނުވަތަ މަސް މާރުކޭޓުން އައިސްތިބި ބައެއްކަމުގައި ދެކެމުން އެމީހުންނާ މެދު އެގޮތަށް މުޢާމަލާތް ނުކުރާށެވެ.
އޭ ޢިލްމުވެރިންނާއި ޢިލްމުވެރިންގެ ދަރިވަރުންނެވެ! މިއީ ތިޔަބައިމީހުންނަށް ހުރި ލަދުވެތިކަމެކެވެ. މީސްތަކުންގެ ބުއްދިތަކަށް ކޮންމެވެސް ވަރެއްގެ އިޙްތިރާމެއް ކުރާށެވެ. ޝައިޚް އަލްބުޚާރީއަކީ ނަބިއްޔެއް ނޫނެވެ. އަދި ޞަޙާބީއެއްވެސް ނޫނެވެ. އަދި ސަލަފުންގެ ބޮޑެތި އިމާމުންގެ ތެރެއިންވާ ބޭފުޅެއްވެސް ނޫނެވެ. އޭނާއަކީ ހަމައެކަނި އަހުލުއްސުންނަތުގެ ޢިލްމުވެރިންގެ ތެރެއިންވާ އެއް ޢިލްމުވެރިޔާއެވެ. އޭނާއަށް ރަނގަޅަށްވެސް ކަންކަން ކުރެވިދާނެއެވެ. އަދި ކުށްވެސް ކުރެވިދާނެއެވެ. ނޭނގޭ ކަންކަންވެސް ހުރެދާނެއެވެ. އަދި އެނގޭ ކަންކަންވެސް ހުރެދާނެއެވެ. އަދި އޭނާއަކީ މަޢުޞޫމް (ކުށުން ސަލާމަތްވެގެންވާ) މީހެއް ނޫނެވެ.
ﷲ ގަންދީ ބުނަމެވެ. ސަލަފިއްޔަތަށް އިޙްތިރާމްކުރާ އެއްވެސް މީހަކު، މީސްތަކުން އިމްތިޙާނުކުރެވޭނެ މިޙްނަތެއް ކަމުގައި ޝައިޚް ޢަބްދުﷲ އަލްބުޚާރީ ހެދުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެކަން އެގޮތަށް ކޮށްފި މީހާ، ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާގެ ބަސްފުޅުގެ ތެރެއަށް ވަދެގެންދާނެއެވެ.
އަހަރެން އަނެއްކާވެސް ތަކުރާރުކޮށް، ބާރުލާފައި ބުނަމެވެ: މީސްތަކުން އިމްތިޙާނުކުރެވޭނެ މިޙްނަތެއް ކަމުގައި ޝައިޚް ޢަބްދުﷲ އަލްބުޚާރީ ހަދައިފި މީހާ، ފަހެ އޭނާ ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާގެ ބަސްފުޅުގެ ތެރެއަށް ވަދެގެންދާނެއެވެ. އެކަމާ ރުހޭ މީހަކު ރުހެންވީއެވެ. އަދި ރުޅިއަންނަ މީހަކު ރުޅިއަންނަންވީއެވެ.
ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ (رحمه الله) ވިދާޅުވިއެވެ: “މީހަކު ކަނޑައަޅައި، އެއީ ކޮންމެ މީހަކަށް ވިޔަސް – އެމީހެއްގެ ބަހާއި ޢަމަލަށް ތަބާވުމުގެ މައްޗަށް ބިނާކޮށް ވަލާއު އާއި ބަރާއު (ލޯބިވުމާއި ރުޅިއައުން) ގުޅުވައިފިމީހާ، ފަހެ އޭނާ ވަނީ ‘އެއުރެންގެ ދީން ބައިބައިކޮށް، އަދި ވަކިވަކި ފިރުޤާތަކަކަށްވެގަތް މީހުންގެ’ (30:32) ތެރެއިންނެވެ.”[4]
އެހެންނަމަވެސް، އަނިޔާ ލިބިފައިވާ މީހުން ނިކަމެތިކުރަމުން ގޮސް، ވަކި މީހަކީ އެއްވެސް މީހަކަށް އޭނާއަށް ފާޑުކިޔުން ހުއްދަވެގެންނުވާ ދަރަޖައަކަށް ތިބާ އެމީހަކު ގެންދިއުމަކީ، އެއީ އަހަރެމެންގެ ދަޢުވަތުގެ ތެރެއިންވާ ކަމެއް ނޫނެވެ…
މަޒުމޫނުގެ އެންމެ ފަހުކޮޅުގައިވާ މުހިންމު ޢިބާރާތެއް ވެއެވެ:
ޢަރަފާތު އަލްމުޙައްމަދީ ބޭނުންވަނީ، މި ނުރައްކާތެރި މައުޟޫޢުތަކުން (އެބަހީ؛ ޙާކިމާއަށް ޚުރޫޖުވުމާއި، ފިތުނަ އުފެއްދުމާއި، ލޭއޮހޮރުވުން ފަދަ ކަންކަމުގައި ބައިވެރިވުމުން) މީސްތަކުންގެ ސަމާލުކަން ޝައިޚް އަލްބުޚާރީގެ މައުޟޫޢުއަށް އަނބުރާލުމަށެވެ. އެހެންކަމުން އަހަންނަކަށް ނޭނގެއެވެ. އަހުލުއްސުންނަތުގެ އުޞޫލުތަކަށްވުރެ ބޮޑަށް ޢަރަފާތު އަލްމުޙައްމަދީއަށް ޝައިޚް ޢަބްދުﷲ އަލްބުޚާރީ މުހިންމީ ހެއްޔެވެ؟
މިއީ ޝައިޚް ޢަލީގެ ވަރަށް ޙިކްމަތްތެރި، ފުން ބަސްފުޅެކެވެ. އަދި މީގައި ވަރަށް ޞަރީޙަ ޙަޤީޤަތެއް އެކުލެވިގެންވެއެވެ: “ޝައިޚް އަލްބުޚާރީއަށް ކުށެއް ކުރެއްވިއްޖެއޭ” ބުނުމުން ނުވަތަ އޭނާއާ ގުޅޭގޮތުން ފާޑުކިޔުންތަކެއް ގެނައުމުން އެކަމާ ރުޅިއައި މީހުންނާއި، އަދި ސުންނަތުގެ އުޞޫލުތަކާ ޚިލާފުވުމާއި، ލޭއޮހޮރުވުމާއި، އުންމަތް ބައިބައިވެގެން ހިނގައިދާނެފަދަ ކަންކަމާއި، އަދި ސަލަފީންނާމެދު އަނިޔާވެރިގޮތުގައި ތަބްދީޢުކުރެވެމުންދާތަން އޭނާ (އަލްބުޚާރީ) ހިމޭނުން ބަލަން ހުރުމާއި، އޭނާގެ ގާތް މީހުންނާއި އެކުވެރިން ދަޢުވަތު ވީދާ ކުދިކުރަމުންދާއިރު އެކަމަށްވުރެ ބޮޑަށް ރުޅިއައި މީހުންނަށް، ހަމަކަށަވަރުން، ސުންނަތުގެ އުޞޫލުތަކަށްވުރެ ބޮޑަށް ޝައިޚް އަލްބުޚާރީ މުހިންމުކަމަށް ފެންނަން އެބައޮތެވެ.
[3] އޭނާގެ މަޒުމޫނުން: ލާ އުޙިއްބުލް ޢުޤޫޤު ޔާ ދުކްތޫރު ޢަރަފާތު އަލްމުޙައްމަދީ (“އޭ ޑރ. ޢަރަފާތު އަލްމުޙައްމަދީއެވެ! ގުޅުންތައް ކަނޑާލުމަކަށް ތިމަންނާ ލޯތްބެއް ނުކުރަމެވެ.”) – 20 ޝައްވާލު 1447 (8 އެޕްރީލް 2026).
[4] މަޖްމޫޢުލް ފަތާވާ (8/20)
ކޮމެންޓްތައް
0