ޔަމަނުގެ އަރަފާތު އަލްމުޙައްމަދީ އަކީ މި ފިތުނަތަކުގެ ސަބަބު - މަކަރުވެރިކަންބޮޑު ނުބައި މީހެއް – ޔަމަނުގެ ޝައިޚް ޢަލީ އަލްޙުޛައިފީ އަލްޢަދަނީ حفظه الله

ލިޔުއްވީ: ޝައިޚް ޢަލީ އަލްޙުޛައިފީ
ޝެއިޚް، ޢަބްދުﷲ ބުޚާރީއަށް،
ޑޮކްޓަރ އަރަފާތު އަލްމުޙައްމަދީ އަކީ މި ފިތުނަތަކުގެ ސަބަބެވެ.
އަރަފާތު އަލްމުޙައްމަދީ ދަޢުވަތުދޭ މީހުންނާމެދު މިގޮތަށް ޢަމަލުކުރަމުންދާހާ ހިނދަކު، މައްސަލަތަކާއި، ބައިބައިވުންތަކާއި، އަދި ޚިލާފުތައް ދެމިއޮންނާނެއެވެ.
އަރަފާތަކީ ވަރަށް ނުބައި މީހެކެވެ. އަދި ބުއްދިވެރި ހެކިވެރިންގެ ބަސްތަކަށް ތިޔަބައިމީހުން އަޑުއެހުމަށް އަހަރެން އުންމީދުކުރަމެވެ. އެއީ ސަލަފީ ދަޢުވަތަށް ހެޔޮގޮތް އެދޭ، އަދި އަރަފާތު އަލްމުޙައްމަދީއަށްވުރެ މާ މާތް މީހުންނެވެ. އަދި އެބައިމީހުންނާއި އަރަފާތު އަލްމުޙައްމަދީއާ ދެމެދު އެއްވެސް ޢަދާވާތްތެރިކަމެއް ނުވެއެވެ.
މީހަކު ނުބައި ކަންތައްތަކަކަށް މަޝްހޫރުވެ، އަދި އެފަދަ ޚަބަރުތައް ހުރިހާ ފަރާތަކުން އޭނާއާ ބެހޭގޮތުން ފުޅާކޮށް ފެތުރިގެން ހިނގައްޖެނަމަ، އެއްވެސް އެއްޗެއް އަޑުނުއިވޭ އަދި އެއްވެސް ކަމެއް ނޭނގޭ މީހަކު ފަދައިން މި ޚަބަރުތަކަށް ފަރުވާކުޑަކޮށްލުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫނެވެ.
ޑޮކްޓަރ އަރަފާތު އަލްމުޙައްމަދީއާ ގުޅޭ ބައެއް ކަންކަން އަހަރެން ވާނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި އަހަރެން އޭނާއާއެކު އުޅުނުއިރު އަމިއްލައަށް ދެކުނު ކަންކަން ހިމެނެއެވެ. މިސާލަކަށް ބައެއް ސިޔާސީ ޕާޓީތަކާމެދު އޭނާ ގެންގުޅޭ ވިސްނުންތަކާއި، ޢަރަބި ޤައުމުތަކާއި އެނޫންވެސް އެކި ޤައުމުތަކުގެ ގިނަ ޢިއްޒަތްތެރި އަޚުންތަކެއް އޭނާއާ ބެހޭގޮތުން ޙިއްޞާކޮށްފައިވާ ގިނަގުނަ ވާހަކަތަކެވެ. މިއިން އެއްވެސް ކަމަކީ އިންޞާފުވެރި އެއްވެސް މީހަކަށް އިންކާރުކުރެވޭނެ ކަންކަމެއް ނޫނެވެ. މި ހުރިހާ ޚަބަރުތަކުންވެސް ދަލީލުކޮށްދެނީ އޭނާއަކީ ސަލަފީ ދަޢުވަތަށް ހުރި ވަރަށް ނުރައްކާތެރި މީހެއް ކަމެވެ.
އޭނާގެ ފަސާދައިގެ ޚަބަރުތައް ވަނީ އެ ޚަބަރުތައް ގެންނަ މީހުން ދޮގެއްގެ މައްޗަށް އެއްބަސްވުން މުސްތަޙީލުވާ މިންވަރަށް ފުޅާކޮށް ފެތުރިފައެވެ (ތަވާތުރު ވެފައެވެ). އަދި މި ޚަބަރުތައް އައިސްފައިވަނީ މަދީނާ، ޔަމަން، ބަޙްރައިން، މިޞްރު، އިންޑޮނޭޝިއާ، އިނގިރޭސިވިލާތް، އަދި އެނޫންވެސް ޤައުމުތަކުންނެވެ. މީގެ ތެރެއިން ބައެއް ޤައުމުތަކުގައި، ޚަބަރުތައް ގިނަވެފައިވަނީ އެއްތަނަށްވުރެ ގިނަ ތަންތަނުން އައިސްފައިވާތީއެވެ. އެހެންކަމަށްވާނަމަ، މި ޚަބަރުތައް އެހެން ޚަބަރުތަކާ ގުޅިއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ އަދި ޚަބަރު އައިސްފައިވާ މަގުތައް ގިނަވުމުގެ ސަބަބުން ހަމައެކަނި އެކަކުގެ ކިބައިން އައިސްފައިވާ ޚަބަރުތައް އެހާ ގިނަވާނަމަ، އިތުބާރު ހުރި ގިނަ މާތް މީހުންތަކެއްގެ ފަރާތުންނާއި، އެކި ޤައުމުތަކުން މި ޚަބަރުތައް ގިނަވެގެން އަތުވެއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟
ހެންކަމުން، އޭގެ ތެރެއިން ބައެއް ޚަބަރުތައް ވަކިވަކިން ތެދު ކަމުގައި ނުވިޔަސް، (އެ ޚަބަރުތައް ގިނަވުމުގެ ސަބަބުން) މި ޚަބަރުތައް ފަރުވާކުޑަކޮށްލެވޭކަށް ނެތެވެ. އެހެންކަމަށްވާއިރު، އެ ޚަބަރުތައް ވަކިވަކިން ތެދު ކަމުގައި ވާނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ މިގޮތަށް ގިނަގުނަވެގެން އައިސްފައިވާ ޚަބަރުތަކަށް ފަރުވާކުޑަކޮށްލުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ ﷲ ގަންދީ ބުނަމެވެ، އެއީ ހުއްދަވެގެންވާ ކަމެއް ނޫނެވެ.
ޑޮކްޓަރ އަރަފާތު އަލްމުޙައްމަދީ ވަނީ އޭނާގެ މަކަރާއި، އަނިޔާވެރިކަމާއި، އަދި ރޭވުންތަކުގެ ތެރެއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ސަލަފީން (ސުންނަތުގެ އަހުލުވެރިން) ބައިބައިކޮށްފައެވެ. އޭނާ ޙައްޤު ފޮރުވައެވެ، އަދި ބައެއް ބިދުޢަވެރިންނާއި މަގުފުރެދިފައިވާ މީހުންނަށް ތާއީދުކުރެއެވެ، އެހެނިހެން މަގުފުރެދިފައިވާ މީހުންގެ ކަންކަން ފޮރުވައިދެއެވެ، އަދި އޭނާގެ ރޭވުންތަކާ ދެކޮޅުހަދާ ޢިލްމުވެރިންގެ ދަރިވަރުންނަށް އުނދަގޫކޮށް، އޭނާގެ މޮޔައިންގެ ގުރޫޕު އެމީހުންނާ ދެކޮޅަށް ދޫކޮށްލައިގެން އެމީހުންނަށް އަމާޒުކުރެއެވެ، އަދި މިނޫންވެސް ކަންކަން ކުރެއެވެ.
މި މީހާގެ ރޭވުންތައް ގޮސްފައިވާ ހިސާބަކީ، ޢިލްމާއި ފަތުވާތަކުގެ މަޢުލޫމާތުތައް ފޮރުވުމާއި، ބައެއް ސިޔާސީ ޕާޓީތަކުގެ މަސައްކަތްތަކަށާއި، ކުށެއްނެތް މީހުންގެ ލޭ އޮހޮރުވުމަށާއި، އަދި ވެރިމީހާ ވައްޓާލުމަށް ތާއީދުކުރާ ހިސާބަށެވެ. އޭނާގެ ރޭވުންތައް، ޔަމަން ބައިބައިކުރުމަށް ގޮވާލާ ފަރާތްތަކަށް ތާއީދުކުރާ ހިސާބަށްވެސް ގޮސްފައިވެއެވެ. މިއަށްފަހު ދެން އޮންނާނީ ކޮންފަދަ ނުބައިކަމެއް ހެއްޔެވެ؟
ﷲ ގަންދީ ބުނަމެވެ، މި މީހާގެ މައްޗަށް އިންޞާފުވެރި ޝަރީޢަތެއް ހިންގި، އޭނާއާއި އޭނާ ފަދަ އެހެން ޚާއިނުންނަށްވެސް އެކަމުން ރައްކާތެރިވެވޭނެ ފަދަ އަދަބެއް ދެވެން ޖެހޭނެއެވެ.
އޭނާ ބައެއް ޒުވާނުންނަށް މަކަރުހަދައި، ޔަމަންގެ ބައެއް ސިޔާސީ ޕާޓީތަކުގެ އަތްމައްޗަށް އެމީހުން އެއްލާލިއެވެ. އެހެންކަމުން މި ނިކަމެތި ޒުވާނުން ވެގެންދިޔައީ މި މީހާގެ ޝިކާރައަކަށެވެ.
ޙައްދާދިއްޔާއަށް ޢިލްމުވެރިން ފާޑުވިދާޅުވެފައިވަނީ، ތަބްދީޢުކުރުން ޙައްޤުނުވާ ފަދަ ކުށްތަކެއްގެ ސަބަބުން ކުށްކުރާ ސަލަފީން ތަބްދީޢުކުރާތީއެވެ. ނަމަވެސް އަރަފާތު އަލްމުޙައްމަދީ އާއި އޭނާއާއެކު ތިބި މީހުންނަށް ބަލާއިރު، އެމީހުން ޢިއްޒަތްތެރި މީހުންނާ ހަނގުރާމަކޮށް، ސަލަފިއްޔަތުން އެމީހުން ބޭރުކުރީ، އެމީހުންނަކީ ޢިއްޒަތްތެރި އަދި ދަޢުވަތު ރައްކާތެރިކުރާ ބަޔަކަށް ވީތީއެވެ. ސިޔާސީ ޕާޓީތަކުގެ ކޯޅުންތަކުގެ ތެރެއަށް ސަލަފިއްޔަތު ވެއްދުމަށް އެމީހުން ދެކޮޅުހެދިއެވެ.
އަރަފާތު އަލްމުޙައްމަދީގެ އިތުބާރަށް ގިނަ ބަޔަކު ވަނީ ފާޑުކިޔައި ޙަމަލާދީފައެވެ. އެކަން ކުރި މީހުންގެ ތެރޭގައި ޢިލްމުވެރިންނާއި ޢިލްމުވެރިންގެ ދަރިވަރުން ހިމެނެއެވެ، އަދި އެމީހުން ވަރަށް ގިނައެވެ. އެމީހުންނަށް އޭނާ ވަރަށް ރަނގަޅަށް އެނގެއެވެ. އެމީހުން ވަނީ އޭނާގެ މައްޗަށް ބޮޑެތި ކަންތައްތަކެއްގެ ތުހުމަތުކޮށްފައެވެ. އެހެންކަމުން، ﷲ ގަންދީ ބުނަމެވެ، ފުޅާކޮށް ފެތުރިފައިވާ މި މަގުފުރެދުންތަކާމެދު ހަނުހުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. މިކަންކަމާމެދު ހަނުހުރުމުގައި ސަލަފީ ދަޢުވަތަށް ވަރަށް ބޮޑު ގެއްލުމެއް ވެއެވެ.
ﷲ ގަންދީ ބުނަމެވެ، ދަޢުވަތާމެދުގައްޔާއި، ޒުވާނުން ބައިބައިކުރުމާމެދުގައްޔާއި، އަދި ދަޢުވަތަށް ލިބޭ ގެއްލުންތަކާމެދު ބިދުޢަވެރިން އުފާކުރުމަށް ދޫކޮށްލުމާމެދު، ﷲގެ ދަރުބާރުގައި އަހަރެމެންނާ ސުވާލުކުރެވޭނެއެވެ.
(ޝެއިޚުގެ 26 މާރޗް 2026) ގެ ލިޔުން "ޝެއިޚް ޢަބްދުﷲ ބުޚާރީއަށް ފޮނުވި ސިޓީ" އިން ނަގާފައި - https://t.me/AliAlHuthaifi55/3145)
Regarding the Oppressive Tabdīʿ and Taḍlīl Against Dānā ʿAbd Allāh in Relation to His Speech About Showing Respect For the Label of “Ṣaḥābah (Companions)”
A Cautionary Case Study in Oppression.
Read more: arafat-lies-dana