ޢަރަފާތުއް ޝައްރަށް ނަޟަރެއް: ސުންނަތުގެ އަހުލުވެރިންނަށް ބަދުބަސް ބުނުމާއެކު ބިދުޢައިގެ އަހުލުވެރިން ދިފާޢުކުރާ މީހުންނާމެދު — الشيخ العلامة ربيع بن هادي المدخلي رحمه الله

ޝާއިޢުކުރީ: އިސްމާޢިލް ބިން ރަފީޤް މުޙައްމަދު. ކެޓަގަރީ ހައްދާދީން

މިއަދު، އަމިއްލަ ނަފުސަށް "ސަލަފީންނޭ" ކިޔައިގެން އުޅޭ ބަޔަކު އަޅުގަނޑުމެންނަށް އެބަފެނެއެވެ. ނަމަވެސް، އެބައިމީހުން ރެއާއިދުވާލު އަހުލުއްސުންނަތުގެ މަޝާޔިޚުންނާއި ދާޢީންނަށް ހައްޤު ނޫން ގޮތުގައި ބަދުބަސްބުނެ ފާޑުކިޔައެވެ. އަދި އެއްވެސް ޙައްޤަކާ ނުލައި، އަދި ބަޔާންވެގެންވާ ސާފު ދަލީލެއް ނެތި އެބައިމީހުންނަކީ މުބްތަދިޢުން (ބިދުޢަވެރިން) ކަމުގައި ހަދައެވެ. ތަބްދީޢު ކުރެއެވެ. މިއީ ޢަރަފާތު އަލް-މުޙައްމަދީއާއި އޭނާގެ ޖަމާޢަތުގެ މީހުން، ބައެއް ސަލަފީ ޝައިޚުންނާ މެދު ކަންތައްކުރި ގޮތާ ވައްތަރު ގޮތެކެވެ. މިސާލަކަށް އިނގިރޭސިވިލާތުގެ މަކްތަބާ ސަލަފިއްޔާގެ ޝެއިޚް އަބޫ އިޔާޟް އަމްޖަދް ރަފީޤު حفظه الله ފަދަ ބޭފުޅުންނެވެ. އެބައިމީހުން، އެއްވެސް ސާފު ހެއްކަކާ ނުލައި އެބޭފުޅާގެ މައްޗަށް ތަބްދީޢު ކުރިއެވެ. އެއީ މުބްތަދިޢެއް ކަމަށް ކަނޑައެޅިއެވެ. އެއާ ޚިލާފަށް، މިޞްރުގެ ޙައްދާދީއެއް ކަމަށްވާ ހިޝާމް އަލް-ބައިލީއަށް ޢަރަފާތު އަލް-މުޙައްމަދީ  ޘަނާކިއެވެ. އެ ހިޝާމް އަލް-ބައިލީއަކީ، ޝައިޚް ޙަސަން ބިން ޢަބްދުލްވައްހާބް އަލް-ބަންނާ رحمه الله ގެ މައްޗަށް ﷲ ގެ ރަޙުމަތްލެއްވުން އެދި ދުޢާކުރުން މަނާކުރި މީހެކެވެ. އަދި ޝައިޚް އަލް-އަލްބާނީ رحمه الله ގެ ކިބައިގައި އިރްޖާއު (މުރުޖީ އަޤީދާއާއި ފިކުރު) ވާކަމަށް ދަޢުވާކޮށް، އެކަލޭގެފާނަށް ފާޑުކިޔައި ބަދުބަސްބުނި މީހެކެވެ. އަޅުގަނޑުމެންގެ ޝައިޚް، ރަބީޢު ބިން ހާދީ އަލް-މަދްޚަލީ رحمه الله، މާކުރިންވެސް ވަނީ މިފަދަ މީހުންގެ ސިފަތައް ފާޅުކުރައްވައި ބަޔާންކޮށްދެއްވާފައެވެ.


 

ޝެއިޚް ރަބީޢު رحمه الله ވިދާޅުވިއެވެ.

(ފަހެ، އަހުލުއްސުންނަތަށް ބަދުބަސްބުނެ ފާޑުކިޔާ މީހަކު ތިބާ ދެކެފިނަމަ؛ ފަހެ، އެއީ އޭނާއަކީ މުބްތަދިޢެއް (ބިދުޢަވެރިވެރިއެއް) ކަމުގެ ދަލީލެކެވެ. އަދި އޭނާއަކީ ޒިންދީޤަކަށް ވެސް ވެދާނެއެވެ. އަހުލުއްސުންނަތާއި އަހުލުލްޙަދީޘަށް ބަދުބަސްބުނެ ފާޑުކިޔާ މީހަކު ތިބާ ދެކެފިނަމަ؛ ފަހެ، އޭނާ" އެބައިމީހުންނާ ޚިލާފުވެ، އެބައިމީހުންގެ ކިބައިގައިވާ އެއްޗަކަށް (ޙައްޤަށް) އިހާނެތިކޮށް ހިތާ ޙާލުގައި މެނުވީ އޭނާ އެބައިމީހުންނަށް ފާޑުނުކިޔާނެއެވެ. އެކަމުގައި އެއްވެސް ޝައްކެއް ނެތެވެ.

އެހެންނޫންނަމަ، ސުންނަތާއި އޭގެ އަހުލުވެރިންނަށް ބަދުބަސްބުނުމަށް އޭނާއަށް ބާރުއަޅަނީ ކޮންކަމެއް ހެއްޔެވެ؟! އޭނާއަކީ މަގުފުރެދިފައިވާ މީހަކަށްވުމާއި، އޭނާގެ އެތެރެހަށީގައި ލެނބުންތަކާއި، ނުބައިކަމަކާއި، ޝައްރެއް (ނުބައެއް) ފޮރުވިފައިވުން ފިޔަވައި އެހެންކަމެއް އެކަމަކަށް އޭނާއަށް ބާރެއް ނާޅާނެއެވެ! ފަހެ މިއީ އެބައިމީހުންގެ ޢަލާމާތްތަކުގެ ތެރެއިންވާ ކަމެކެވެ. މިއީ ޝައްރުގެ (ނުބައިކަމުގެ) އަހުލުވެރިންގެ ޢަލާމާތްތަކާއި ބިދުޢައިގެ އަހުލުވެރިންގެ ޢަލާމާތްތަކުގެ ތެރެއިންވާ ކަމެކެވެ. އަދި އޭނާ: "ހަމަކަށަވަރުން ތިމަންނާއަކީ އަހުލުއްސުންނަތުގެ މީހަކީމޭ" ބުނިކަމުގައިވިޔަސް އޭނާ ތެދުނުކުރާށެވެ. އެހެނީ ހަމަކަށަވަރުން އޭނާއަކީ ދޮގުވެރިއެކެވެ!

އަދި އޮޅުވާލާ މިފަދަ ގިނަ ދޮގުވެރިން؛ ތިބާ ގާތު "ތިމަންނާއަކީ ސަލަފީއެކޭ" ބުނާނެއެވެ. ނަމަވެސް އޭނާއަކީ ދޮގުވެރިއެކެވެ. މަކަރުވެރި ރޭވުމެއްގެ ގޮތުން މެނުވީ އޭނާ މިހެން ނުބުނާނެއެވެ. މުނާފިޤަކު: "ތިމަންނާއަކީ މުއުމިނެކޭ، ތިމަންނާއަކީ މުސްލިމެކޭ" ބުނާ ފަދައިންނެވެ. އޭނާ: "ތިމަންނާއަކީ މުސްލިމެކޭ" ބުނާނެއެވެ! އަދި މުނާފިޤުމީހާ ޞަދަޤާތްދީ، މިވެނިއެވެނި ކަންތައްތަކެއް ކުރާނެއެވެ. ނަމަވެސް އޭނާ އިސްލާމްދީނާ ހަނގުރާމަކޮށް އޭގެ އަހުލުވެރިންދެކެ ރުޅިއަންނާނެއެވެ.

ފަހެ، މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު – މިހާރު – "ތިމަންނާއަކީ ސަލަފީއެކޭ" ބުނެއެވެ. ނަމަވެސް އޭނާ އަހުލުލްޙަދީޘްދެކެ ރުޅިއައިސް، އެބައިމީހުންނަށް ފާޑުކިޔާތަން މެނުވީ ތިބާއަކަށް ނުފެންނާނެއެވެ!!

– އަދި ޙަމްދުހުރީ ﷲ އަށެވެ. އަހުލުލްޙަދީޘް އެބަތިއްބެވެ. މައްކާގައި އެބަތިއްބެވެ. މަދީނާގައި އެބަތިއްބެވެ. ޔަމަނުގައި އެބަތިއްބެވެ. އިންޑިއާގައި، ޕާކިސްތާނުގައި، އަދި ކޮންމެ ތަނެއްގައިވެސް އެބަތިއްބެވެ. ނަމަވެސް އޭނާއަށް އަހުލުލްޙަދީޘާ އޮންނަހާވެސް ގުޅުމަކީ ހަނގުރާމަކުރުމެވެ! ފާޅުގައްޔާއި ސިއްރުގައިވެސް އޭނާ ވާގިވެރިވެ ރަޙުމަތްތެރިވަނީ ބިދުޢައިގެ އަހުލުވެރިންނަށެވެ. އަދި އެބައިމީހުންގެ ދިފާޢުގައި އޭނާ ވާހަކަދައްކައި، އެބައިމީހުން ދިފާޢުކުރުމުގައި އޭނާ މަރުދަންޖެހެއެވެ!

ފަހެ، އެބައިމީހުން އަމިއްލަ ނަފުސުތަކަށް ކޮންމެ ނަމެއް ކިޔަސް، އަދި އެބައިމީހުންގެ ނަފުސުތައް ކޮންމެ ސިފައަކުން ސިފަކުރިޔަސް، އެބައިމީހުންނަކީ މުބްތަދިޢުންކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. ފަހެ، މިއީ އެބައިމީހުންގެ ޙާލަތު ބަޔާންކޮށްދޭ ޢަލާމާތްތަކުގެ ތެރެއިންވާ ކަމެކެވެ.)

— “ޝަރްޙު ޢަޤީދަތިއް ސަލަފި އަޞްޙާބިލް ޙަދީޘް” ޞަފުޙާ (309-310).


الشيخ العلامة ربيع بن هادي المدخلي رحمه الله  ވިދާޅުވިއެވެ.

(فإذا رأيت إنساناً يطعن في أهل السنة ؛ فهذا دليل على أنه مبتدع ، وقد يكون زنديقاً ؛ إذا رأيت إنساناً يطعن في أهل السنة وفي أهل الحديث ؛ فما يطعن فيهم إلا وهو مخالف لهم محتقر لما عندهم ، لا شك في ذلك.

وإلا فما الذي يدفعه إلى الطعن في السنة وأهلها ؟! ما يدفعه إلا أنه ضال وينطوي على زيغ وخبث وشر ! فهذا من علاماتهم ؛ هذا من علامات أهل الشر وعلامات أهل البدع ، ولو قال : إني من أهل السنة فلا تصدقه ؛ لأنه كذاب !

وكثير من هؤلاء المزيفين الكذابين ؛ يقول لك أنا سلفي وهو كذاب ، ما قال هذا إلا مكيدة ؛ مثل المنافق يقول : أنا مؤمن ، أنا مسلم ؛ يقول : أنا مسلم ! المنافق ويتصدق ويفعل كذا ، وهو يحارب الإسلام ويبغض أهله.

فكثير من الناس – الآن – من يقول : أنا سلفي ، ولا تراه إلا يبغض أهل الحديث ويطعن فيهم !!

أهل الحديث موجودون – والحمد لله – ؛ موجودون في مكة ، موجودون في المدينة ، موجودون في اليمن ، في الهند ، في باكستان ، في كل مكان ، وهو لا صلة له بأهل الحديث إلا الحرب ! يوالي أهل البدع ظاهراً وباطناً ويدافع عنهم ويستميت في الدفاع عنهم !

فهؤلاء لا شك أنهم مبتدعة ولو سموا أنفسهم ما سموا ، ووصفوا أنفسهم ما وصفوا ؛ فهذه من العلامات التي تبين حالهم).

“شرح عقيدة السلف أصحاب الحديث ص (309-310).