އެންމެ މާތް ފިޤުހަކީ މަތިވެރިވަންތަ، އަރަހުށިވަންތަ، ކިބުރިޔާވަންތަ ﷲ މައުރިފާވުމާއި އެކަލާނގެ ތައުޙީދުގެ ފިޤުހު - الشيخ العلامة ربيع بن هادي المدخلي رحمه الله

ޝައިޚް ރަބީޢު ބިން ހާދީ އަލްމަދްޚަލީ رحمه الله ވިދާޅުވަނީ "ފިޤުހު" ގެ ޞައްޙަ އަދި ޝާމިލު މާނައަކީ ތައުޙީދާއި، ﷲ ގެ ސިފަފުޅުތަކުން އެކަލާނގެ މައުރިފާވުމެވެ. މިއީ ފިޤުހުގެ އެންމެ އަޞްލު އަދި އެންމެ މަތީ ދަރަޖައެވެ. މީގެ އިތުރުން ފިޤުހަކީ ދީނާއި ދުނިޔެއާ ގުޅުންހުރި ކޮންމެ ކަމެއްގައި ޝަރުޢީ ހަމައަކުން ފަހުމްވެރިކަން ހޯދުމެވެ. ނަމަވެސް އެ ހުރިހާ ކަމެއްގެ އެންމެ ކުރީގައި އަދި އެންމެ މަތީގައި ވަނީ ތައުޙީދެވެ.
الشيخ العلامة ربيع بن هادي المدخلي رحمه الله ވިދާޅުވިއެވެ.
«من يرد اللهُ به خيرًا يُفقّهه في الدين» [1]الناس يفهمون من الفقه فقه الفروع، إذا أُطلق عند الناس الفقه يفهمون منه كتب الفروع في الفقه، وهذا فهم قاصر! الفقه أولًا في العقيدة وفي التوحيد قبل كل شيء، هذا أعلى درجات الفقه، لأن شرف العلم بشرف معلومه، فأفضل العلوم وأشرفها علوم التوحيد، الذين يُعلّمون الناس صفات ربهم، صفات كماله، ويدعونهم إلى توحيده وعبادته وإخلاص الدين له. فنتفقه في التوحيد من كتاب الله ومن سُنة رسول الله ﷺ، ومن فقه سلفنا الصالح، ونتفقه في سائر أبواب العلم، فقهًا في الحلال والحرام، في العبادات، في المعاملات، في السياسة، في الاقتصاد، في كل شيء، كل ذلك ولله الحمد متوفرٌ فيما جاء به محمد ﷺ.فإذا أُطلق الفقه فيُراد به فقه كل شيء يتعلق بديننا ودنيانا، وعلى رأسها وفي قمتها علمُ التوحيد، علمُ التوحيد لا يُغني عنه شيءٌ،
ޝެއިޚް ރަބީޢު رحمه الله ވިދާޅުވިއެވެ.
"من يرد اللهُ به خيرًا يُفقّهه في الدين
«ﷲ މީހަކަށް ހެޔޮގޮތް އިރާދަކުރައްވައިފިނަމަ، ދީނުގައި އެމީހަކަށް ފިޤުހުވެރިކަން ދެއްވައެވެ.» (ޞަޙީޙުލް ބުޚާރީ (ޙަދީޘް ނަންބަރު: 7312) އަދި ޞަޙީޙު މުސްލިމް (ޙަދީޘް ނަންބަރު: 1037))
މީސްތަކުންނަށް ފިޤުހުން ފަހުމްވަނީ ފުރޫޢުގެ (ގޮފިތަކުގެ) ފިޤުހެވެ. މީސްތަކުންގެ ގާތުގައި ފިޤުހު މިބަސް ޢާއްމުކޮށް ބޭނުންކުރެވިއްޖެނަމަ، އޭގެން އެބައިމީހުންނަށް ފަހުމްވަނީ ފިޤުހުގައިވާ ފުރޫޢީ ފޮތްތަކެވެ. އަދި މިއީ އުނި ފަހުމެކެވެ!
ފިޤުހަކީ އެންމެ ފުރަތަމަ، އެހެން ހުރިހާ އެއްޗެއްގެ ކުރިން ޢަޤީދާއާއި ތައުޙީދުގައިވާ އެއްޗެކެވެ. މިއީ ފިޤުހުގެ ދަރަޖަތަކުގެ ތެރެއިން އެންމެ މަތީ ދަރަޖައެވެ. އެހެނީ، ޢިލްމެއްގެ މާތްކަން ގުޅިފައިވަނީ އެ ޢިލްމަކުން އެނގިގެންދާ އެއްޗެއްގެ މާތްކަމާއެވެ. ފަހެ، ޢިލްމުތަކުގެ ތެރެއިން އެންމެ މާތް އަދި އެންމެ މަތިވެރި ޢިލްމަކީ ތައުޙީދުގެ ޢިލްމުތަކެވެ. އެ ޢިލްމުތަކުން މީސްތަކުންނަށް އެބައިމީހުންގެ ރައްބުގެ ސިފަފުޅުތަކާއި، އެކަލާނގެ ކަމާލްކަމުގެ (ފުރިހަމަކަމުގެ) ސިފަފުޅުތައް އުނގަންނައިދެއެވެ. އަދި އެކަލާނގެ ތައުޙީދަށާއި (އެއްކައުވަންތަކުރުމަށާއި)، އެކަލާނގެއަށް އަޅުކަންކުރުމަށާއި، އަދި އެކަލާނގެއަށް ދީން ޚާލިޞްކުރުމަށް އެބައިމީހުންނަށް ގޮވާލައެވެ.
ފަހެ، އަހަރެމެން ތައުޙީދުގައި ފިޤުހުވެރިވަނީ ﷲ ގެ ފޮތުންނާއި ރަސޫލުﷲ ﷺ ގެ ސުންނަތުންނެވެ. އަދި އަހަރެމެންގެ ޞާލިޙު ސަލަފުންގެ ފިޤުހުންނެވެ. އަދި ޢިލްމުގެ އެހެނިހެން ބާބުތަކުގައިވެސް އަހަރެމެން ފިޤުހުވެރިވަމުއެވެ. އެއީ ޙަލާލާއި ޙަރާމުގައިވާ ފިޤުހާއި، ޢިބާދާތާއި (އަޅުކަންތަކާއި)، މުޢާމަލާތްތަކާއި، ސިޔާސަތާއި، އިޤްތިޞާދާއި، މިހެން ގޮސް ހުރިހާ ކަމެއްގައެވެ. އެ ހުރިހާ ކަމެއް، އަދި ﷲ އަށް ޙަމްދުހުއްޓެވެ، މުޙައްމަދު ﷺ ގެނެސްދެއްވި ކަންކަމުގެ ތެރޭގައި ލިބެން އެބަހުއްޓެވެ.
ފަހެ، ފިޤުހު މިބަސް ޢާއްމުކޮށް ބޭނުންކުރެވިއްޖެނަމަ، އޭގެން މުރާދުކުރެވެނީ އަހަރެމެންގެ ދީނާއި ދުނިޔެއާ ގުޅުންހުރި ކޮންމެ ކަމެއްގެ ފިޤުހެވެ. އަދި އޭގެ އެންމެ ކުރީގައި އަދި އޭގެ އެންމެ މަތީގައިވަނީ ތައުޙީދުގެ ޢިލްމެވެ. ތައުޙީދުގެ ޢިލްމަކީ އޭގެ ބަދަލުގައި އެހެން އެއްވެސް އެއްޗަކުން ނުފުދޭނެ ޢިލްމެކެވެ. އެއީ ކޮންމެހެން ލާޒިމު އެއްޗެކެވެ."
ތަޢުލީޤު: ޝެއިޚް ޑރ. އަބޫ އިޔާޟް އަމްޖަދް ބިން މުޙައްމަދު ރަފީޤު حفظه الله ޝެއިޚް ރަބީޢުގެ ބަސްކޮޅައް
" ނަބީބޭކަލުންނާއި ރަސޫލުބޭކަލުންނަށް ތަބާވާ މީހުންނަށް، މަޚްލޫޤުތަކުގެ ކަންކަމާއި (ކައުނީ ކަންކަމާއި) އަދި އަމުރުފުޅުގެ (ދީނީ ޢިލްމުތަކާއި، ޝަރީޢަތުގެ) ތެރެއިންވާ ކޮންމެ ކަމެއްގައިވެސް ތައުޙީދު ފެނިގެންވެއެވެ.
﴿ إِنَّ رَبَّكُمُ اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ يُغْشِي اللَّيْلَ النَّهَارَ يَطْلُبُهُ حَثِيثًا وَالشَّمْسَ وَالْقَمَرَ وَالنُّجُومَ مُسَخَّرَاتٍ بِأَمْرِهِ ۗ أَلَا لَهُ الْخَلْقُ وَالْأَمْرُ ۗ تَبَارَكَ اللَّهُ رَبُّ الْعَالَمِينَ﴾ [ الأعراف: 54]
«ހަމަކަށަވަރުން ތިޔަބައިމީހުންގެ ރައްބަކީ، ހަ ދުވަހުގެ ތެރޭގައި އުޑުތަކާއި ބިން ހެއްދެވި ﷲ އެވެ. ދެން އެ އިލާހު ޢަރްޝުގެ މައްޗަށް އިސްތަވާވެ އަރައިވޮޑިގެންނެވިއެވެ. އަދި އެ އިލާހު ރޭގަނޑުން ދުވާލު ފޮރުއްވާލައްވައެވެ. (އެއިން ކޮންމެ އެއްޗެއް) އަވަސްކަމާއެކު (އަނެކައްޗެއް) ހޯދައިގަނެއެވެ. އަދި އިރާއި، ހަނދާއި، ތަރިތައް، އެ އިލާހުގެ އަމުރުފުޅަށް ކިޔަމަން ކުރައްވާފައިވާ ގޮތުގައި ހެއްދެވިއެވެ. ދަންނާށެވެ. ޚަލްގުކުރެއްވުމާއި، އަމުރުކުރެއްވުން މިލްކުވެގެން ވަނީ އެ އިލާހަށެވެ. އާލަމްތަކުގެ ރައްބު ﷲ، ބަރަކާތްތެރިވެ މަތިވެރިވެ ވޮޑިގެންވެއެވެ.» (އަލްއަޢުރާފް: 54)
އެހެންކަމުން، އަޞްލަކީ ތައުޙީދެވެ. އެއީ ތައުޙީދުއް ރުބޫބިއްޔާއާއި، އަލްއަސްމާއު ވައްޞިފާތާއި، އަދި ތައުޙީދުލް އުލޫހިއްޔާއެވެ. އަދި އެ ފަހުމުގެ ތެރެއިން، ދީނީ އަދި ދުނިޔަވީ ޢިލްމުގެ އެހެނިހެން ހުރިހާ ދާއިރާތަކެއްގެ ފަހުމްވެރިކަން ފަޅާދެއެވެ.
މި ސަބަބަށްޓަކައި، ތައުޙީދާއި ސުންނަތުގެ އަހުލުވެރިންނަށާއި، އެބައިމީހުންގެ އިމާމުންނަށާއި، ޢިލްމުވެރިންނަށާއި، އަދި އެބައިމީހުންގެ ފުށުން ޢިލްމު އުނގަންނައިގަންނަ މީހުންނަށް، މި ކަންކަމުގައި ޞައްޙަ ފަހުމެއް ހޯދުމުގެ ތައުފީޤު ދެއްވައެވެ. މިއީ ﷲ އާއި، އެކަލާނގެ ދީނާއި، ޙަލާލާއި ޙަރާމާއި، އަޅުކަމުގެ ކަންކަމާއި، މުޢާމަލާތްތަކާއި، ޝަރުޢީ ސިޔާސަތާއި، ޞައްޙަ އިޤްތިޞާދާއި، އަދި އެހެނިހެން ހުރިހާ ދާއިރާއެއްގައި ޞައްޙަ ޢިލްމެއް ލިބުމަށް އެބައިމީހުންނަށް މަގުދައްކައިދޭ ކަމެކެވެ.
މިއީ ތައުޙީދުގެ މައްސަލައިގައި މަގުއޮޅިފައިވާ ޖަހުމިއްޔާ، އަޝްޢަރިއްޔާ އަދި އެނޫންވެސް އެފަދަ ފަރާތްތަކާ އިދިކޮޅު ގޮތެވެ. އެހެނީ އެބައިމީހުންނަކީ ޖަބަރިއްޔާއިންނެވެ. އަދި ޝަރީޢަތުގައިވާ ޢިއްލަތްތަކާއި (ސަބަބުތަކާއި) ޙިކުމަތްތަކަށް އިންކާރުކުރާ މީހުންނެވެ. މަޚްލޫޤުންގެ މެދުގައިވާ ސަބަބުތަކާއި ނަތީޖާއާ ހުރި ގުޅުމަށް (causality) އިންކާރުކުރާ މީހުންނެވެ. އަދި މުޢުތަޒިލާއިންނެވެ. އެބައިމީހުންނަކީ، އެބައިމީހުންގެ ބުއްދިއަށް ފަހުމްނުވާ، ނަބަވީ ސުންނަތުގައިވާ ޣައިބުގެ ތަފާތު ޙަޤީޤަތްތަކަށާއި، ޝަރީޢަތާއި ހިދާޔަތުގެ ތަފާތު ކަންކަމަށް އިންކާރުކުރާ މީހުންނެވެ. އެހެނީ އެބައިމީހުން ވަޙީގެ ކުރިއަށް ބުއްދި އިސްކުރެއެވެ. މި ކުށްތައް، ދީނީ އަދި ދުނިޔަވީ ޢިލްމުގެ އެހެނިހެން ދާއިރާތަކަށް ފެތުރިގެންދެއެވެ. އޭގެ ތެރޭގައި ކުރިން ބަޔާންކުރެވުނު ޙަލާލާއި ޙަރާމާއި، އަޅުކަމާއި، މުޢާމަލާތްތަކާއި، ސިޔާސަތާއި، އިޤްތިޞާދާއި، އަދި ފިޒިކަލް ސައިންސް (physical sciences) ވެސް ހިމެނެއެވެ.
އެހެންކަމުން، ފަހުމްވެރިކަން (ފިޤުހު) ވަނީ ހަމައެކަނި ފުރޫޢީ ކަންކަމަށް (އެބަހީ: އަޅުކަމާއި މުޢާމަލާތްތަކުގެ ކަންކަމަށް) ހަނިވެގެންނެއް ނޫނެވެ. ނަމަވެސް އެއީ ދީނާއި ދުނިޔޭގެ ހުރިހާ ދާއިރާއަކަށްވެސް ހިނގާ އެއްޗެކެވެ. އެހެނަސް، އޭގެ އެންމެ ކުރިއެއް އަދި އެންމެ މަތީ ކުރިބޯއްޓެއްވެއެވެ. އަދި އެ ޢިލްމު ހޯދުމާއި ބިނާކުރުމުގައި އިސްކަންދޭންޖެހޭ ތަރުތީބުތަކެއްވެއެވެ."
ތަޢުލީޤު:
ތައުޙީދަކީ ދީނީ އަދި ދުނިޔަވީ ފިޤުހުވެރިކަމުގެ އެންމެ މާތް އަޞްލު ކަމުގައިވާހިނދު، ކާފަރުންގެ ފަރާތުން އަންނަ ދުނިޔަވީ ޚަބަރުތަކާއި، ފަލްސަފާތަކާއި، ނަޒަރިއްޔާތުތައް އެއްވެސް ބެލުމެއްނެތް ގޮތުގައި މުސްލިމުންގެ މެދުގައި ފެތުރެމުންދަނީ ކިހިނެއް ހެއްޔެވެ؟ ކާފަރުންގެ ޑާވިންގެ ތިއަރީއާއި "ސަވައިވަލް އޮފް ދަ ފިޓެސްޓް" ފަދަ ނަޒަރިއްޔާތުތަކުގެ ތެރެއިން އުފަންކުރުވި ސެލިއުލާ ތިއަރީއާއި، ޑީ.އެން.އޭ (DNA) އާއި، އާރް.އެން.އޭ (RNA) އާއި، ވައިރަސްތަކާ ބެހޭ ކަންކަން، ތައުޙީދުގެ ފުރޭނުމުން ފުރޭނުމެއް ނެތި، މުސްލިމުން އެމީހުންގެ ދުނިޔަވީ ފިޒިކަލް ސައިންސް ބަލައިގަންނަނީ ތައުޙީދުގެ ކޮން ހަމައަކުން ހެއްޔެވެ؟
މިއަދު މުޅި ދުނިޔޭގައި ފެތުރިފައިވާ އިލާހަކު ނުވާކަމަށް ޤަބޫލުކުރާ (އިލްޙާދީ) ފިކުރަކީ، ދުނިޔަވީ ނަޒަރިއްޔާތަކުގެ ތެރެއިން އިލާހީ ތަޞައްވުރު ކަޓުވާލައި، ކަންކަން ހަމައެކަނި މާއްދީ ކުރުމުގެ ނަތީޖާއެވެ. ޙަޤީޤަތުގައި ފްރީމޭސަނުން ދަނީ މުޅި ދުނިޔޭގެ މައްޗަށް، ޚާއްޞަކޮށް އިސްލާމުންގެ ތަޞައްވުރުން އިލާހު ކަޑުވާލުމަށް ބޮޑުވެގެންވާ ފިކުރީ ހަނގުރާމައެއް ރާވައި ހިންގަމުންނެވެ. އެމީހުންގެ މަޤްޞަދަކީ ދުނިޔަވީ ކަންކަމުގައިވާ ސަބަބުތަކަކީ ހަމައެކަނި މާއްދީ އަސްބާބުތަކެއް ކަމަށް ދައްކައި، ދީނާއި އިލާހީ ތަޞައްވުރު އިންސާނުންގެ ހިތްތަކުން ފޮހެލުމެވެ.
މިއަދުގެ ތަޢުލީމީ ނިޒާމަކީ ފްރީމޭސަނުންގެ ނުފޫޒާއި ފައިސާގެ ބާރު އެކި ގޮތްގޮތުން ވައްދާފައިވާ ނިޒާމެކެވެ. ރާއްޖެ ފަދަ ޤައުމުތަކުން ވޯލްޑް ބޭންކު ފަދަ (ޔަހޫދީ މުލްޙިދުންގެ ބާރު އޮތް ރިބާ ބޭންކު) ތަންތަނުން ލޯނު ހޯދާއިރު، އިންކްލޫސިވް ފިކުރު ނުވަތަ އެލް.ޖީ.ބީ.ޓީ (LGBT) ފިކުރު ކިޔަވައިދިނުމަށް ޝަރުޠުކުރަނީ ކީއްވެގެންކަން ވިސްނާލަން ޖެހެއެވެ. ބޭންކުގެ މެންޑޭޓާ ނުގުޅޭ ކަންކަން ތަޢުލީމުގެ ތެރެއަށް ވައްދަނީ ކީއްވެ ހެއްޔެވެ؟ ޔުނެސްކޯ (UNESCO) ފަދަ އިދާރާތަކަކީ ފްރީމޭސަނުންނާއި ޝައިޠާނާއަށް އަޅުކަންކުރާ މުލްޙިދުންގެ ނުފޫޒުން ހިންގާ ތަންތަންކަން ސުންނަތުގެ ޢިލްމުވެރިން ދަނީ ބަޔާންކުރައްވަމުންނެވެ.
މަޝްހޫރު މުސްލިމު ޢިލްމުވެރިޔާ, الشيخ عبد العزيز الراجحي އަބްދުލް އަޒީޒް-އައް ރާޖިހީ ޔޫން އެންއާއި ޔުނެސްކޯއާއި މެދު ހަޤީޤަތުގައި ވިދާޅުވެފައިވަނީ ތެދަށް ހައްޤު ބަހެވެ. “ޔުނެސްކޯ ޖަމާޢަތަކީ ޔަހޫދީ ޖަމާޢަތެކެވެ. ހިތާމަޔަކީ، ތަޢުލީމީ މަންހަޖުތައް އެކުލަވައިލުމުގައި ލަފާހޯދާ ފަރާތަކީ އެއީ ކަމުގައި ވީތީއެވެ.”
މި ނުރައްކާތެރި ޙާލަތުގެ ސަބަބުން، މިއަދު ވަނީ ދަރިން ގޭގައި ބައިތިއްބައިގެން އުނގަންނައިދޭ "ހޯމް ސްކޫލިން" ނިޒާމަކަށް ބަދަލުވާން މަޖުބޫރުވެފައެވެ. ދުނިޔަވީ ބާރު މުޝްރިކުންގެ އަތްމަތީގައިވާހާ ހިނދަކު، އެމީހުންގެ ޚުރާފާތާއި ޝިރުކު ދުނިޔަވީ ކަންކަމުގެ ތެރެއަށް ވެއްދުމަކީ ނުވެ ނުދާނެ ކަމެކެވެ. އެގޮތުން ކޯވިޑްގެ ނަމުގައި ގެނައި ކަންކަމަކީވެސް ދެވަނަ ބެލުމަކުން ބަލަންޖެހޭ ކަންކަމެވެ. އެއީ ވުޖޫދުގައިވާ ވައިރަހެއްތޯ ނުވަތަ ކޮމްޕިއުޓަރު މޮޑެލްތަކެއްގެ މައްޗަށް ބިނާވެފައިވާ ޚިޔާލީ ކަމެއްތޯއެވެ؟ އެމެރިކާގެ ފައުޗީގެ ބުނުމަށް ގެނައި "ސޯޝަލް ޑިސްޓެންސިން" ގެ 6 ފޫޓުގެ ދުރުމިނުން މުސްލިމުންގެ ނަމާދާއި ޢަޤީދާއާ ކުޅުނު ފަދައިން، ކަންކަން ކުރިއަށްދާން މުސްލިމުން ދޫކޮށްގެން ނުވާނެއެވެ. މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކުން މި ފިކުރީ ހަނގުރާމައަށް ހޭލުންތެރިވާން ވެއްޖެއެވެ.
ޝައިޚް ޢަބްދުލްޢަޒީޒް އައްރާޖިޙީ ވިދާޅުވެފައިވެއެވެ. الْمَاسُونِيَّةُ: جَمْعِيَّةٌ سِرِّيَّةٌ أَوْ مُنَظَّمَةٌ يَهُودِيَّةٌ هَدَفُهَا الْقَضَاءُ عَلَى الْعَقَائِدِ وَالْأَدْيَانِ “މާސޫނިއްޔަތަކީ: ސިއްރު ޖަމާޢަތެކެވެ. ނުވަތަ ޔަހޫދީންގެ ޖަމާޢަތެކެވެ. އެމީހުންގެ އަމާޒަކީ (ޞައްޙަ) ޢަޤީދާތަކާއި ދީންތައް ނައްތާލުމެވެ.” (“ފަވާޢިދު ފިލް ޢަޤާއިދު” (ނަންބަރު: 44)
ޝައިޚް އަލްއަލްބާނީ رحمه الله ވިދާޅުވެފައިވެއެވެ. الْمَاسُونِيَّةُ هِيَ جَمْعِيَّةٌ سِرِّيَّةٌ يَهُودِيَّةٌ وَتَعْمَلُ بِمَكْرٍ شَدِيدٍ جِدًّا (“ސިލްސިލަތުލް ހުދާ ވަންނޫރު” (ކެސެޓް ނަންބަރު: 420) “މާސޫނިއްޔަތަކީ ޔަހޫދީންގެ ސިއްރު ޖަމާޢަތެކެވެ. އަދި އެބައިމީހުން މަސައްކަތްކުރަނީ އިންތިހާއަށް ނުބައިވެގެންވާ މަކަރުވެރި ރޭވުންތަކެއްގެ މަތީގައެވެ.”
ޝައިޚް އަޙްމަދު ބިން ޔަޙްޔާ އައްނަޖްމީ رحمه الله އެކަލޭގެފާނުގެ މަންހަޖާ ގުޅޭ ސުވާލާއި ޖަވާބު ފޮތުގައި ބަޔާންކުރައްވާފައިވެއެވެ. أَقُولُ إِنَّ الْمَاسُونِيَّةَ مُنَظَّمَةٌ يَهُودِيَّةٌ، قَصْدُ مِنْ إِنْشَائِهَا تَعْطِيلُ الشَّرَائِعِ، وَإِشَاعَةُ الْغَرَائِزِ وَالشَّهَوَاتِ، وَعِبَادَةُ الْمَادَّةِ “…އަހުރެން ބުނަމެވެ. ހަމަކަށަވަރުން މާސޫނިއްޔަތަކީ ޔަހޫދީ ޖަމާޢަތެކެވެ. އެ ޖަމާޢަތް އުފެއްދުމުގެ މަޤްޞަދަކީ (އިލާހީ) ޝަރީޢަތްތައް އުވާލުމާއި، އިންސާނާގެ ނަފްސާނީ އެދުންތަކާއި ޝަހުވަތްތައް ފެތުރުމާއި، އަދި މާއްދިއްޔަތަށް އަޅުކަންކުރުން (ދުނިޔޭގެ މާއްދީ ކަންކަމަށް ހުސްވުން) އިސްކުރުމެވެ.”
ޝެއިޚް އިބްނު ބާޒް رحمه الله ވިދާޅުވިއެވެ. ٱلْمَاسُونِيَّةُ مَعْرُوفَةٌ عِنْدَ ٱلنَّاسِ، وَهِيَ جَمَاعَةٌ سِرِّيَّةٌ، މާސޫނިއްޔަތު (ފްރީމޭސަނަރީ) އަކީ މީސްތަކުންގެ މެދުގައި މަޝްހޫރުވެފައިވާ، ނަމަވެސް ސިއްރުވެރިކަން ބޮޑު ޖަމާޢަތެކެވެ. وَهُمْ فِي ٱلْبَاطِنِ يَدْعُونَ إِلَى نَبْذِ ٱلْأَدْيَانِ، وَنَبْذِ ٱلْأَوَامِرِ وَٱلنَّوَاهِي. وَأَنَّ ٱلنَّاسَ يَبْقَوْنَ عَلَى حَالِهِمُ ٱلْأُولَى، لَا إِلٰهَ، وَلَا رَبَّ، وَلَا نَبِيَّ، وَلَا شَرِيعَةَ، وَلَا شَيْءَ – يَعْنِي فِي ٱلْبَاطِنِ هُمْ يُحَارِبُونَ ٱلشَّرَائِعَ، وَٱلْأَوَامِرَ، وَٱلنَّوَاهِي – وَيَبْقَى ٱلْإِنْسَانُ أَخُو ٱلْإِنْسَانِ بِأَنَّهُ ٱبْنُ آدَمَ وَبَسْ “ނަމަވެސް، އެމީހުންގެ އެތެރެފުށުގެ އަސްލު މަޤްޞަދަކީ ހުރިހާ ދީންތަކެއް އުކާލުމަށާއި، ދީނީ އަމުރުފުޅުތަކާއި ނަހީތަކަށް ފުރަގަސްދިނުމަށް ގޮވާލުމެވެ. އެމީހުން ބޭނުންވަނީ ކަލަކު، ރަސޫލަކު ނުވަތަ ޝަރީޢަތެއް އަދި އެއްވެސް ދީނީ އަސާސެއް ނެތް، އިންސާނާގެ އެންމެ ކުރީގެ (ލާދީނީ މުލްޙިދު ހާލުގައިތިބި) ޙާލަތަށް މީސްތަކުން ރުޖޫޢަކުރުމަށެވެ. އެބަހީ، އެމީހުން ސިއްރުގޮތެއްގައި ކުރާ މަސައްކަތަކީ މާތްﷲ ބާވައިލެއްވި ޝަރީޢަތްތަކާއި، އަމުރުފުޅުތަކާއި ނަހީތަކާ ދެކޮޅަށް ހަނގުރާމަކުރުމެވެ. އަދި އެމީހުންގެ ނަޒަރުގައި އިންސާނީ ގުޅުމަކީ ހަމައެކަނި އާދަމުގެ ދަރިއަކަށް ވީތީ އޮންނަ ގުޅުމެއް ކަމުގައި ހެދުމެވެ.”

[1] صحيح البخاري (رقم: ٧٣١٢) وصحيح مسلم (رقم: ١٠٣٧).
