މެނޫ
ލިންކުތައް
Telegram YouTube Facebook
ޤުރްއާނާއި ސުންނަތް ސަލަފުންނާއި އެއްގޮތަށް
August 19, 2026
ޝައިޚް ޢުބައިދުގެ ބަސްފުޅު އޮޅުވާލައި ޢަރަފާތާއި ޑރ. ބުޚާރީއަށް ތަޙައްޒުބުވުމަށް މީހުން ތަރުބިއްޔަތުކުރުން

ޝައިޚް ޢުބައިދުގެ ބަސްފުޅު އޮޅުވާލައި ޢަރަފާތާއި ޑރ. ބުޚާރީއަށް ތަޙައްޒުބުވުމަށް މީހުން ތަރުބިއްޔަތުކުރުން

⏱ 2 މިނެޓް ކިޔަން 12 މީހުން ކިޔާފައިވޭ

ސަޢުދީ ޢަރަބިއްޔާގެ ޝައިޚް ފައްވާޒް حفظه الله އާއި، ޔަމަނުގެ ޝެއިޚް ޢަލީ ހުޛައިފީ حفظه الله އާއި، މިސްރުގެ ޝެއިޚް ބިލާލް ސާލިމީ حفظه الله އާއި، ސޫދާންގެ ޝެއިޚް ނިޒާރު حفظه الله ފަދަ އެހެނިހެން ޝައިޚުންވެސް ފާހަގަކުރެއްވި ފަދައިން ޝައިޚް އަބޫ ޢިޔާޟް އަމްޖަދު ބިން މުޙައްމަދު ރަފީޤު (حفظه الله)، ޢަރަފާތު އަލް-މުޙައްމަދީ އޭނާގެ އަމިއްލަ ނަފްސު ދަޢުވަތުގައި އެހެން މީހުންގެ މައްޗަށް މަތިވެރިކޮށް، އޭނާއަށް ޙިޒްބީ ގޮތަކުން ތަބާވުމަށް (ވަކި ފަރާތަކަށް ޖެހުމަށް ނުވަތަ ތަޙައްޒުބުވުމަށް) މީހުންނަށް އޮޅުވާލުމާއި މަކަރުވެރިކަމާއެކު ގޮވާލާފައިވާކަން ބަޔާންކުރައްވާފައިވެއެވެ. ޝައިޚް އަބޫ ޢިޔާޟް ފާހަގަކުރެއްވި ގޮތުގައި:

ބަސްފުޅު އޮޅުވާލުން: މީގެ އެންމެ ސާފު އެއް މިސާލަކީ، ޝައިޚް ޢުބައިދުލް ޖާބިރީ (رحمه الله) ދެއްކެވި ވާހަކަފުޅެއް ކަނޑައިގެން ނަގައި، ޢަރަފާތު އެ ނުބައި ގޮތުގައި ބޭނުންކުރުމެވެ. މަކްތަބާ ސަލަފިއްޔާއިން ބޭއްވި ދައުރާއެއްގެ ޓެލެލިންކެއްގައި ޝައިޚް ޢުބައިދު ހަމައެކަނި ވިދާޅުވީ، އެ ޝައިޚް ވާހަކަދެއްކެވުމަށްފަހު، ދެން އެ ދައުރާގައި ވާހަކަދެއްކުމަށް ޝައިޚް އަލް-ބުޚާރީ އަދި ޢަރަފާތު އިޚްތިޔާރު ކުރައްވާ ކަމަށެވެ.

މަކަރުވެރިކަމާއެކު ފެތުރި ދޮގު: ނަމަވެސް، ޢަރަފާތު ވަނީ މި ކްލިޕް އޭގެ އަސްލު މާނަ ގެއްލޭގޮތަށް (ސިޔާޤުން ބޭރުކޮށް) އޭނާގެ ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައެވެ. އެ ޕޯސްޓުކުރީ، އޭނާއާއި ޝައިޚް އަލް-ބުޚާރީއަކީ މުސްލިމުންގެ ކަންކަން ބެލެހެއްޓުމަށް ޝައިޚް ޢުބައިދު ވަޞިއްޔަތްކުރެއްވި ދެ މީހުން ކަމަށާއި، އަދި މަކްތަބާ ސަލަފިއްޔާގެ ހުރިހާ ކަމެއްވެސް އެ ދެމީހުންނާ ޙަވާލުކުރުމަށް ޝައިޚް ލާޒިމުކުރެއްވިކަން މީހުންނަށް ދެއްކުމުގެ ބޭނުމުގައެވެ.

ނުކުތް ނަތީޖާ: ޢަމަލީގޮތުން ބަލާއިރު، އެކި ޤައުމުތަކުގައި ތިބި ޢަރަފާތުގެ ގާތް މީހުންނާއި އޭނާއަށް ތަބާވާ މީހުންގެ ކިބައިން ފެންނަނީ ހަމަ މި ނުބައި ވިސްނުން ފަތުރަމުންދާ ތަނެވެ. އެހެންކަމުން، މި ވިސްނުން އެމީހުންގެ ސިކުނޑިތަކަށް ވައްދައިދިނީ ޚުދު ޢަރަފާތު އަމިއްލައަށް ކަމާމެދު ކުޑަކޮށްވެސް ޙައިރާނެއް ނުވެއެވެ.

މަޞްދަރު: އަބޫ އިޔާޟް.ކޮމް (އިސްފަރާތްތަކާއި ޝަޚްޞިއްޔަތުތަކާމެދު ޣުލުއްވު (ހައްދުފަހަނަޅައިދިއުން) ރައްދުކުރުން)

ކޮމެންޓްތައް

0

ކޮމެންޓް ލިޔުއްވާ

އަދި ކޮމެންޓެއް ނެތެވެ.