އައްޝައިޚް އަލްއަލްބާނީ
-
އަނިޔާވެރިޔާއަށް ރައްދުދިނުމާމެދު ނުވަތަ ހަނުހުރުމާމެދު އޮތް މައްސަލަ – އައްޝައިޚް އަލްއަލްބާނީ
މި ލިޔުމުގައި އައްޝައިޚް އަލްއަލްބާނީ ބަޔާންކުރައްވާފައިވަނީ، ޢިލްމުވެރިންނާއި ޠާލިބުލްޢިލްމުންނާ ދެކޮޅަށް ދޮގުތަކާއި ބުހުތާނު ފަތުރާ އަނިޔާވެރިންނަށް ރައްދުދިނުމުގެ މުހިންމުކަމެވެ. ލަދުވެތިކަމެއް ނެތް މީހަކާ އަޅާނުލައި ދޫކޮށްލުމަކީ އެންމެ ފަސޭހަ ގޮތްކަމުގައި ހީވިނަމަވެސް، ޝައިޚް ވިދާޅުވަނީ ހަނުހުރުމަކީ ކުށެއްނެތް އެތައް ބަޔަކު މަގުފުރެދިގެން ދިއުމަށް ހުޅުވޭ ދޮރެއްކަމަށެވެ. އެހެންކަމުން، ބާޠިލަށް ރައްދުދިނުމަކީ މުޖުތަމަޢު ސަލާމަތްކުރުމަށާއި، ދޮގުތައް ފަޟީޙަތްކުރުމަށާއި، އަދި އަނިޔާވެރިޔާއަށްވެސް (އެހެން މީހުން މަގުފުރެއްދުމުގެ ފާފަ ކުޑަވުމުގެ ގޮތުން) އޭގެ ސަބަބުން ފައިދާތަކެއް ކުރާނެ ޝަރުޢީ ވާޖިބެކެވެ. ބޭއިންސާފާއި…
