މެނޫ
ލިންކުތައް
Telegram YouTube Facebook
ޤުރްއާނާއި ސުންނަތް ސަލަފުންނާއި އެއްގޮތަށް
August 20, 2026
އޭ ޢަރަފާތެވެ! ހަމަކަށަވަރުން ކަލޭގެ ކަންތައްގަނޑާއި، ކަލޭގެ ޖާހިލުކަމާއި، ކަލޭގެ ދޮގުވެރިކަން ފަޅާއަރައިފި – الشيخ نزار بن هاشم العباس حفظه الله ورعاه

އޭ ޢަރަފާތެވެ! ހަމަކަށަވަރުން ކަލޭގެ ކަންތައްގަނޑާއި، ކަލޭގެ ޖާހިލުކަމާއި، ކަލޭގެ ދޮގުވެރިކަން ފަޅާއަރައިފި – الشيخ نزار بن هاشم العباس حفظه الله ورعاه

⏱ 2 މިނެޓް ކިޔަން 5 މީހުން ކިޔާފައިވޭ

މިއަދު ޝެއިޚް ނިޒާރް އަލް-ޢައްބާސް حفظه الله ورعاه ވިދާޅުވިއެވެ.

(އަހުލުއް ސުންނަތުގެ ސަލަފީ ސަފުތަކުގެ ތެރެއަށް) ސިއްރުން ފޮރުވިގެން ހުރެ ވަދެގަނެގެން އުޅޭ އެޖެންޓު ޢަރަފާތު ، ޝަރީޢަތުގެ މީޒާނާއި، އޭގެ އުޞޫލުތަކާއި، އޭގެ އަދަބުތަކާއި، އޭގެ އަޚްލާޤާ އެއްގޮތްވާ ގޮތުގެ މަތިން އޭނާގެ އަމިއްލަ ނަފްސު މުރާޖަޢާކޮށް އަދި ނަފްސު ޙާސިބުކުރުމުގެ ބަދަލުގައި، އަދި އިރުފަދައިން ފާޅުވެގެންވާ އޭނާގެ (ފޮތާއި ސުންނަތާއި) ޚިލާފުވުންތަކުގެ ޖަރީމާތަކުންނާއި، އޭނާގެ ދޮގުތަކުންނާއި، އޭނާގެ ޤައުމު ކަމުގައިވާ ޔަމަނާއި ލީބިޔާގައި މަކަރުވެރި ރޭވުންތައް ރާވާ ކުޑަ ދައުލަތަކަށް އޭނާ އެޖެންޓަކަށްވެ މަސައްކަތްކޮށްދިނުމުންނާއި، އަލްބައިލީއަށް އޭނާ ދިން ތަޒްކިޔާއާއި، އަދި އޭނާގެ ޝައިޚް އަލްބުޚާރީގެ ދިފާޢުގައި އޭނާ ކުރި ބާޠިލު ދިފާޢުކުރުންތަކުން ﷲ އަށް ތައުބާވުމުގެ ބަދަލުގައި،

އެ ބު ޚާރީއަކީ ޔަމަނުގައި އެބައިމީހުން މަޅިއެއްގައި ޖެއްސި މީހާއެވެ. ފަހެ، އެބައިމީހުންގެ ޝަރުޢީ ވަލިއްޔުލްއަމްރަށް ޚުރޫޖުވުމަށާއި އޭނާއާ ހަނގުރާމަކުރުމަށް އޭނާ އެބައިމީހުންނަށް ތާއީދުކުރިއެވެ. އަދި އެބައިމީހުންނާ އިދިކޮޅުހެދި ޔަމަނުގެ ސަލަފީންނާ ދެކޮޅަށް އެބައިމީހުންނާއެކު އޭނާ ހަނގުރާމަކުރިއެވެ. ފަހެ، އެ ސަލަފީން ވަނީ އެބައިމީހުންގެ ވަލިއްޔުލްއަމްރަށް ކިޔަމަންތެރިވެ، ޢައްލާމާ އައްރަބީޢުގެ އިރުޝާދަށް ޢަމަލުކޮށްފައެވެ. އެއީ ކުޑަވެސް ލަދުވެތިކަމެއް ނެތި ބުޚާރީއާއި، ޢަރަފާތާއި އަދި ޢަދަނުގެ ދާޢީން އެބޭފުޅަކާ ޚިލާފުވި ބޭފުޅާއެވެ.

މިފަދައިން ގޮސް، ސަލަފީން އޭނާގެ މައްޗަށް ނަގާފައިވާ ނުރައްކާތެރި މައްސަލަތަކުން ތައުބާވުމުގެ ބަދަލުގައި)؛ އޭނާގެ ކުރީގެ ޙައްދާދީ މަގުން ހިނގުމަށާއިޙައްދާދީ މަގުން ހިނގުމަށާއި، އޭނާގެ އެންމެ ދަށްފެންވަރުގެ ނުބައި އަޚްލާޤާއި އަދި (އޭނާގެ އަނދިރި މާޒީގެ) މިޒާޖުތަކުގެ މައްޗަށް ހިނގުމަށް މެނުވީ ޢަރަފާތު ވަނީ އިންކާރުކޮށްފައެވެ. އަދި އޭނާގެ ހަވާނަފްސާއި، އޭނާގެ ރުޅިވެރިކަމާއި ޙަސަދަވެރިކަމަށް ތަބާވެގެންވާ ޙާލު އޭނާ އެކަމުގައި ހައްދުފަހަނަޅައިދެއެވެ. ފަހެ، އޭގެ ސަބަބުން ކޮންމެ ދުވަހަކުވެސް އޭނާގެ މަގުފުރެދުމާއި، އޭނާގެ ޖާހިލުކަމާއި އަދި އޭނާގެ އޮޅުވާލުންތަކުގެ ޙަޤީޤަތް އޭނާ ފާޅުކުރެއެވެ. އަދި އޭނާގެ ޚިޔާލީ ފޮލާއާއި، އޭނާގެ ޖާހިލުކަންކަމާއި، އޭނާގެ އެޖެންޑާ ޙާޞިލުކުރުމަށްޓަކައި ދޮގުހެދުމަކީ ސަވާރީއެއް ކަމުގައި ހަދައި، އެއީ އޭނާގެ އާދައެއް ކަމުގައި ހަދައިފިކަން އޭނާ ފާޅުކުރެއެވެ.

އަދި މާތް ﷲ ގެ މި ބަސްފުޅު އޭނާ ހަނދާންނައްތާލިއެވެ.

(إِنَّ اللهَ لَا يُصْلِحُ عَمَلَ الْمُفْسِدِينَ)

(މާނައީ: ހަމަކަށަވަރުން، ފަސާދަކުރާ މީހުންގެ ޢަމަލުތައް، ﷲ އިޞްލާޙެއް ނުކުރައްވާނެތެވެ.)

އަދި އެކަލާނގެ މި ބަސްފުޅުވެސްމެއެވެ.

(يَعْلَمُ خَائِنَةَ الْأَعْيُنِ وَمَا تُخْفِي الصُّدُورُ)

(މާނައީ: ލޯތަކުން ވެވޭ ޚިޔާނާތާއި، މޭތަކުގައި ފޮރުވިފައިވާ ކަންތައް، އެކަލާނގެ ދެނެވޮޑިގެންވެއެވެ.)

މަޞްދަރު: ޝައިޚް ނިޒާރު ބިން ހާޝިމް އަލްޢައްބާސްގެ ރަސްމީ ޞަފްޙާ

[އޭ ޢަރަފާތެވެ! ހަމަކަށަވަރުން ކަލޭގެ ކަންތައްގަނޑާއި، ކަލޭގެ ޖާހިލުކަމާއި، ކަލޭގެ ދޮގުވެރިކަން ފަޅާއަރައިފިއެވެ.]

https://t.me/shnizaralabbas/2179
19 އޮގަސްޓު 2026

ކޮމެންޓްތައް

0

ކޮމެންޓް ލިޔުއްވާ

އަދި ކޮމެންޓެއް ނެތެވެ.